އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
15 ފެބުރުވަރީ 2014 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގއ. އަތޮޅުކައުންސިލް ( ވިލިނގިލި ދާއިރާ ) ގެ އިންތިޚާބާބެހޭ
                                އިޢުލާން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު ޤަޟިއްޔާ: 2014/SC-C/02 (12 ޖަނަވަރީ 2014) ގެ ޙުކުމާ ގުޅިގެން، ފަސްކުރެވިފައިވާ ގއ. އަތޮޅު ކައުންސިލް (ވިލިނގިލި ދާއިރާ) ގެ އިންތިޚާބުގެ ވޯޓު ނެގުން، 2014 ފެބުރުވަރީ 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ކޮމިޝަނުން ނިންމަވާފައެވެ.
އަދި 2014 ޖަނަވަރީ 18 ވީ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮބްޒާވް ކުރުމަށާއި، މޮނިޓަރ ކުރުމަށް އަދި މިކައުންސިލަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ މަންދޫބުންނަށް ދޫކުރެވިފައިވާ ފާސް 15 ފެބުރުވަރީ 2014 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކައުންސިލްގެ އިންތިޚާބުގައި ބޭނުންކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
6 ރަބީޢުލްއާޚިރު 1435
             06 ފެބުރުވަރީ 2014
            
        
                    ހޯދާ  
                
                 
                    