މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުން

  ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުން

މިއަދު (30 އޭޕްރީލް 2019 ، އަންގާރަ) ދުވަހުގެ ހެނދުނު 9.00 އިން ފެށިގެން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) ގެ ސަރވަރއަށް މައްސަލައެއް ދިމާވުމުގެ ސަބަބުން މި މިނިސްޓްރީ ގެ https://myedu.egov.mv ޕޯޓަލްއަށް އެޕްލިކޭޝަން ހުށަހެޅުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެފަރާތުން ފާހަގަކުރައްވާކަމަށާއި އެކަން ހައްލުކުރުމަށް 24 ގަޑިއިރު ވާނެކަމަށް އެފަރާތުން މަޢުލޫމާތު ދެއްވާފައިވާތީ، މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯން އެހީ މާރިޗު 2019 ގެ ފުރުޞަތަށް ޕޯޓަލް މެދުވެރިކޮށް  އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު 4 މެއި 2019 ވާ ހޮނިހިރު ދުވަހުގެ 13.30 އަށް އިތުރުކޮށްފައިވާ ކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ ގުޅާނީ 3341327، 3341309 ފޯން ނަމްބަރަށެވެ.

30 އޭޕްރިލް 2019
ހޯދާ