މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު މަޤާމް

އިޢުލާނު

މަޤާމް:            މަސައްކަތު

މަޤާމްގެ ނަންބަރ:          J-222186

ބޭނުންވާ އަދަދު:      1

މަޤާމްގެ ގިންތި:      ދާއިމީ

މަޤާމްގެ ރޭންކް:      SS1

މަޤާމްގެ ކްލެސިފިކޭޝަން: ސަޕޯޓްސްޓާފް ގްރޭޑް 1

ސެކްޝަން:         އެޑްމިން އެޗް އާރް އެންޑް އިންފޮރމޭޝަން ޔުނިޓް

މަޤާމްގެ އޮތް އޮފީސް:   މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭތަން: މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

މުސާރަ:           -/3100ރ ( ތިންހާސް އެއްސަތޭކަ ރުފިޔާ )

ސަރވިސް އެލަވަންސް:  -/1000 (އެއްހާސް ރުފިޔާ)

ސަޕޯޓިންގ ކޯއެލަވަންސް: -/1200 (އެއްހާސް ދުއިސައްތަ ރުފިޔާ)

އިތުރުއިނާޔަތްތައް:          1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

                2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                     3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

                     4. މީގެ އިތުރުން މަޤާމްގެ މަސައްކަތަށް ކަނޑައަޅާފައިވާ އެހެނިހެން އިނާޔަތްތައް.

މަޤާމްގެ މަސްޢުލިއްޔަތު  1. އަތޮޅުކައުންސިލްގެ އިދާރާގެ ގޮތިތެރެއާއި، އިދާރާގެ ސަރަޙައްދު ކަމަށް އިދާރާއިން ކަނޑައެޅޭ އޭރިޔާއެއްގެ

ތަކާއި ވާޖިބުތައް:         ވަށައިގެންވާ މަގާއި ގޯޅިއާއި އެކު މަދުވެގެން ދުވާލަކު އެއްފަހަރު ކުނިކަހާ ސާފުކޮށް ކުނިއުކާލުމާއި،

                     މިބުނެވުނު ސަރަޙައްދު ތަކުގައި ފަޅާވިނަ ނޮޅާ ސާފުކޮށް ބެލެހެއްޓުން.

                2. އަތޮޅުކައުންސިލްއިދާރާގެ ގޯތިތެރޭގައި އިދާރާއިން ކަނޑައަޅާ ގޮތެއްގެމަތިން ގަސްއިންދާ ހެއްދުމާއި، ގަސްތަކަށް

                         ފެންދީ ބެލެހެއްޓުން.

                     3. އަތޮޅުކައުންސިލްގެ އިދާރާގެ ޢިމާރާތުގެ އެތެރެ މަދުވެގެން ކޮންމެދުވަހަކު އެއްފަހަރު ކުނިކަހާ ފޮޅާ ސާފުކުރުން،

                         ފޮޅާސާފުކުރުމުގެ ތެރޭގައި ކައުންސިލް އިދާރާގައި ހުންނަ ގޮނޑި މޭޒުފަދަ ފަރުނީޗަރތައްވެސް ހިރަފުސް

                         ނުހުންނާނެހެން ފޮހެސާފުކުރުން.

                     4. އަތޮޅުކައުންސިލްގެ އިދާރާގެ ދޮރުތަކާއި، ދޮރުފަތްތަކާއި، ފެންލައިޓް ތަކާއި، ބިތްލޫރިތަކާއެކު މަދުވެގެން ދެދުވަހުން

                        އެއްދުވަހު ރަނގަޅަށް ފޮހެ ސާފުކުރުން.

                     5. ކައުންސިލްގެ އިދާރާގެ ދިދަ ދަނޑިއާއި، ޢިމާރާތުގެ އެތެރޭގެ ސިޑިއާއި، ބެލްކަނީ ޗެންޗޭނުފަދަ އެސް އެސް އިން

                         ހަދާފައިހުރި ތަންތަނާއި ތަކެތި އެފަދަ ތަކެތި ސާފުކުރުމަށް ބޭނުންވާތަކެތި އިދާރާއިން ހޯދައިގެން މަދުވެގެން

                         ހަފްތާއަކު އެއްފަހަރު ފޮހެސާފުކޮށް ދަބަރުނުޖަހާނޭހެން ރަނގަޅަށް ބެލެހެއްޓުން.

                  6. ކައުންސިލް އިދާރާއިން އެކިފަރާތްތަކަށް ގެންދަންޖެހޭ ތަކެތި ގެންދިއުމާއި، ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރުން.

                     7. އަތޮޅުކައުންސިލްގެ އިދާރާގެ ފަރާތުން ބާއްވާ ބައްދަލުވުންތައް އިންތިޒާމްކުރާ ސެކްޝަން / ޔުނިޓްތަކުން އަންގާ

                        ގޮތެއްގެމަތިން ތަން ތައްޔާރުކުރުމާއި، ސާފުކުރުން.

                     8. އިދާރާއަށް ބޭނުންވެގެން އެކިފަރާތްތަކުން ގެންނަންޖެހޭ ތަކެތި ގެނައުމާއި، އިދާރާގެ އިމާރާތުގެ ފުރާޅުގެ ދިޔަދޮވި

                          ސާފުކުރުން.

                     9. އިދާރާގެ ފާޚާނާތައް ކޮންމެދުވަހަކު ސާފުކުރުމާއި، އިދާރާގެ ފެންތާންގީ ސާފުކުރުން.

                     10. ސެކްޝަން / ޔުނިޓްތަކުގެ މަސައްކަތްތަކުގައި މުވައްޒަފުން ބޭނުންވާ އެހީތެރިކަން ދިނުން.

                     11. އިދާރާއިން ކުރާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި،އިދާރާގެ މަސައްކަތުގެ ތެރެއިން

                        ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

                    

މަޤާމުގެ ޝަރުޠުތައް:   1. ލިޔަންކިޔަން އެނގުން

                   ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ

                       ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

ވަޒީފާއަށް އެންމެ ޤާބިލު  - ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

ފަރާތެއް ހޮވުމަށް ބެލޭނެ - މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

ކަންތައްތައް:         - މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.    

 

 

ހުށައަޅަންޖެހޭ        1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.

ލިޔުންތައް:          2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

                3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް

                        ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

                     4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ

                       މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ

                       އޮފީހުގެ ލިޔުން.

                     5. (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ

                       އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް

                       އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

                   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ

                       އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ

                       އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ

                       ރެފަރެންސް ޗެކްފޯމް.

މަޤާމަށް އެދެންވީގޮތާއި   ވަޒީފާއަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް

ސުންގަޑި:              ކޮމިޝަންގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ

                  ތަކެތި ހުށަހަޅާނީ 16 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށެވެ.

                    ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް

                    އެޑްރެހަކީ، [email protected]  އެވެ. ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން

                       އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމް  

                       ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކުހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ

                   އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.     

އިންޓަރވިއު އޮންނާނެ      މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،  19 މެއި 2019އާއި 23 މެއި

ތަނާއި، މުއްދަތު:        2019 އާއި ދެމެދު، ނ.އަތޮޅުކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން،

                  އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:           މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން  ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް

                   ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

 

މަޤާމަށް މީހުން ހޮވުމަށް      މިމަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރަޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %35

 ކަނޑައަޅާފައިވާ               (ތިރީސް ފަހެއް) އިންސައްތަ ލިބެންޖެހެއެވެ.

ކްރައިޓީރިއާގެ ހުރިހާ

ބަޔަކުން އެންމެ ދަށްވެގެން

 ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

އިތުރު މަޢުލޫމާތު ހޯދުން:    މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560012 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ

                    [email protected] އަށެވެ.

 

25  ޝަޢުބާން   1440

30  އެޕްރީލް   2019

30 އޭޕްރިލް 2019
ހޯދާ