ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ ގެ މަޤާމަށް މީހަކު ބޭނުންވެގެން

 

 

 

 

 ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ

     ދ.މީދޫ ،

      ދިވެހިރާއްޖެ. 

 

 

ވަޒީފާގެ ފުރުޞަތު

ނަމްބަރު: (IUL)375/375/2019/12

ތާރީޚް: 30 އޭޕްރީލް 2019

 

 

 

މަޤާމު:

ޕްލޭނިންގ އޮފިސަރ

މަޤާމުގެ ނަމްބަރު:

J-306645

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ / ދ.މީދޫ

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

1 . ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ ޢުސޫލުން އިތުރުގަޑީގެ ފައިސާ

2 . ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3 . ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ ޢުސޫލުން ބޭސްފަރުވާގެ ޚިދްމަތް

4. ސަޕޯޓިންގ ކޯ އެލަވަންސް ގެ ގޮތުގައި މަހަކު 700.00 ރުފިޔާ

 

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ތަރައްޤީގެ މަޝްރޫޢުތައް ހިނގާ ނުހިނގާގޮތް ބެލުމުގައި ސަރުކާރުގެ މިނިސްޓްރީ ތަކަށާއި އަތޮޅު ކައުންސިލަށް އެހީތެރިވެދީ ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒު ކުރުމުގައި އަތޮޅު ކައުންސިލަށް ޖަވާބުދާރީވެ މިނިސްޓްރީތަކުންނާއި  އަތޮޅު ކައުންސިލުން ކަނޑައަޅާ ގޮތަކަށް ޤަވާއިދުން ރިޕޯޓް ހުށަހެޅުން.

2-      ރައްޔިތުންގެ ބައިވެރިވުމާއެކު ތަރައްޤީޕްލޭން އެކުލަވާލުމާއި މިގޮތުން އެކުލަވާލެވޭ ރަށުގެ ތަރައްޤީގެ ޕުލޭން އަތޮޅު ކައުންސިލަށް ފޮނުވުމާއި ކޮންމެ އަހަރެއްގެ ޖޫންމަހުގެ ނިޔަލަށް ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ތައްޔާރު ކުރުމުގައި ޖުލައިމަހުގެ ނިޔަލަށް ކުރިޔަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބެޖެޓް ތައްޔާރު ކުރުމުގައި ބަޖެޓް ސެކްޝަނަށް ލަފަޔާއި މަޝްވަރާދިނުން.

3-      ރަށުކައުންސިލުން އެކުލަވާލައި އަތޮޅުކައުންސިލަށް ފޮނުވާ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތް ކުރެވިގެން ސަރުކާރުން އެކަށަހަޅާ މަޝްރޫޢުތަކުގެ ތެރެއިން ރަށުކައުންސިލުން ތަންފީޒުކުރުމަށް ރަށުކައުންސިލާ ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ތަންފީޒުކުރުން.

4-      ޢަމަލުކުރަމުންދާ ތަރައްޤީގެ ޕްލޭންގެ މުއްދަތު ހަމަވުމުގެ 04 (ހަތަރެއް) މަސްދުވަސް ކުރިން ޤައުމީ ތަރައްޤީގެ ޕުލޭނަށް އަމާޒުކޮށް ކުރިއަށްއޮތް 05 (ފަހެއް) އަހަރުދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕުލޭން ތައްޔާރުކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

5-      ލޭންޑް ސަރވޭ ކުރުމާއި ބިމުގެ ބަޖެޓް ހެދުން

6-      ބިނާވެށި ޕުލޭން ތައްޔާރުކޮށް އަންނަ ބަދަލުތައް ބެލެހެއްޓުމާއި ރަށުގެ ޗާޓް ކުރަހައި ބެލެހެއްޓުން

7-      ކައުންސިލުން ކުރުމަށް ނިންމާ ތަރައްޤީގެ އެކި މަސައްކަތްތައް ޔުނިޓް ހެޑްގެ މަޝްވަރާއާއިއެކު ޕުލޭންކުރުން.

8-      ކައުންސިލުން އޮޅުން ފިލުވުމަށް ބޭނުންވާ އެކިއެކި ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ދެވޭނެ ފެންވަރަށް މަސައްކަތްކޮށް ނިންމުން.

9-      ކައުންސިލުން ކުރުމަށް ރާވާފައިވާ އިޤްތިސާދީ މަސައްކަތްތައް ހިންގުމަށްޓަކައި ޕްލޭނިންގް އޮފިސަރެއްގެ ހައިސިއްޔަތުން ފޯރުކޮށްދެވެން އޮތް އެންމެ މަތީ ދަރަޖައަކަށް ކައުންސިލަށް އެއްބާރުލުން ދިނުން.

 

 

މަޤާމުގެ ޝަރުޠު:

 

 

ގުޅޭވަޒީފާގެ ދާއިރާތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގުތައް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް އަދި ޕްރޮޖެކެޓް މެނޭޖްމެންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ޕްރޮޖެކެޓް މެނޭޖްމެންޓް                            

 

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީނު

2. އިމްތިޙާނު (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާން)

3. މަސައްކަތު ތަޖުރިބާ

4. ލިބިފައިވާ ހުނަރު (އިންޓަރވިއު / ޕްރެކްޓިކަލްސް)

 

މަޤާމަށް އެދެންވީގޮތާއި ސުންގަނޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 މެއި 2019 ވާ ހޯމަ ގެ 12:00 ގެ ކުރިން، ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  19 މެއި 2019 އާއި 30 މެއި 2019 އާ ދެމެދު، ނިލަންދެއަތޮޅު ދެކުނުބުރީ ކައުންސިލްގެ އިދާރާ ގައެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6760042 އަށެވެ.  އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

                 

                                    

25 ޝަޢްބާން 1440  

30 އޭޕްރީލް 2019  

 

 

 

 

 

    

30 އޭޕްރިލް 2019
ހޯދާ