އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ގއ. އަތޮޅު ކައުންސިލް (ވިލިނގިލި ދާއިރާ) ގެ ވޯޓު ނެގުން

މި ކޮމިޝަނުގެ ނަންބަރު: A)CA-2014/68)ފ(30 ޖަނަވަރީ 2013) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

ގއ. އަތޮޅު ކައުންސިލް (ވިލިނގިލި ދާއިރާ) ގެ ވޯޓު ނެގުން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު ޤަޟިއްޔާ: SC-C/02ފ/2014 (12 ޖަނަވަރީ 2014) ގެ ޙުކުމާ ގުޅިގެން، ފަސްކުރެވިފައިވާ ގއ. އަތޮޅު ކައުންސިލް (ވިލިނގިލި ދާއިރާ) ގެ އިންތިޚާބުގެ ވޯޓު ނެގުން، 2014 ފެބުރުވަރީ 15 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިދާއިރާގެ ވޯޓު ނެގުން އޮންނާނީ، 2014 ފެބުރުވަރީ 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށް ގއ. ވިލިނގިލީގައާއި، ގއ. ކޮލަމާފުށީގައާއި މާލޭގައެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނިޓުގެ ތެރޭގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ، 2014 ފެބުރުވަރީ 20 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 3:00 ގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

2 ރަބީޢުލްއާޚިރު 1435

02 ފެބުރުވަރީ 2014
ހޯދާ