އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުނެގުން.

2014 ޖަނަވަރީ 18 ވީ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ހަތަރު ކައުންސިލަކަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ، ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މި އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވުމަށް ހަމަޖައްސާފައިވާ ކައުންސިލްތަކަކީ ހއ. މުރައިދޫ ކައުންސިލާއި، ރ. މާކުރަތު ކައުންސިލާއި، ބ. ފެހެންދޫ ކައުންސިލާއި، ގއ. ކޮނޑޭ ކައުންސިލް ކަމުގައި ދެންނެވީމެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވާ ދާއިރާތަކުގައި ވޯޓު ނެގުން އޮންނާނީ، 2014 ފެބުރުވަރީ 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. މި ވޯޓު ނެގުމަށް ހަމަޖެހިފައިވާ ތަންތަނަކީ ހއ. މުރައިދޫ، ރ. މާކުރަތު، ބ. ފެހެންދޫ، ގއ. ކޮނޑޭ އަދި މާލެ އެވެ. އިންތިޚާބުގެ ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނިޓުގެ ތެރޭގައެވެ. ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ، 2014 ފެބުރުވަރީ 20 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 3:00 ގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

2 ރަބީޢުލްއާޚިރު 1435

02 ފެބުރުވަރީ 2014
ހޯދާ