ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަމާދުކޮޓަރި މަރާމާތުކުރުމާއި ބެހޭ

މިއިދާރާގެ ނަމާދުކޮޓަރި މަރާމާތުކުރުމަށް ކުރެވުނު ނަންބަރު IUL)468-U01/468/2019/44) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ ދެ ފަރާތުން ކަމަށްވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 05 މެއި 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ މީޓިންގ ރޫމް ގައެވެ.   

މަޢުލޫމާތު ސާފު ކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެފޮނުވާ ފަރާތުގެ މަޢުލޫމާތު އެގޭގޮތަށް ރަސްމީ ލިއުމެއް އޮވެގެންނޫނީ ބަދަލުގައި ފޮނުވާ ފަރާތަށް މަޢުލޫމާތު ސާފުކޮށްދޭގޮތަށް ހަމަޖެހިފައި ނުވެއެވެ. އަދި ގަޑިޖެހިގެން އަންނަ ފަރާތްތަކާއި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

25 އޭޕްރިލް 2019
ހޯދާ