ވިލިމާލޭ ހޮސްޕިޓަލް
ދިވެހިރާއްޖެ
ރެޖިސްޓާރޑް ނާރސް

މަޤާމް :ރެޖިސްޓާރޑް ނާރސް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

 

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރާނެ މުވައްޒަފެއް ބޭނުންވެއްޖެ

 މި ހޮސްޕިޓަލްގައި ވޭޖް އެމްޕްލޯއިމަންޓުގެ އުސޫލުގެ ދަށުން މަަސައްކަތްކުރާނެ މުވައްޒަފެއް ބޭނުންވެއްޖެއެވެ. މިގޮތުން ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން މަސައްކަތްކުރައްވާ ފަރާތްތަކުން ދުވާލަކު 8 ގަޑިިއިރު ހަފްތާއަކު 6 ދުވަހު މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވާއިރު މުސާރަ ކަނޑައެޅޭނީ މަސައްކަތްކުރައްވާ ގަޑިއަށް ބެލުމަށްފަހު ގަޑިއަކަށް ޖެހޭވަރު ބަލައިގެންނެވެ.

މަޤާމް:

ރެޖިސްޓާރޑް ނާރސް

ރޭންކް:

ބޭނުންވާ އަދަދު:

ސީ.އެސް 8-1

1 (އެކެއް)

މުސާރަ:

ގަޑިއަކަށް ޖެހޭވަރު -/38 ރުފިޔާ

ސަރވިސް އެލަވަންސް:

  188/- ރުފިޔާ (ކަނޑައަޅާފައިވާ ގޮތުގެމަތިން)

މުއްދަތު:

                މަޤާމުގެ ޝަރުޠު:

 

06 މަސް ދުވަސް

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖާގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވިލިމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދި ސިޓީ
  2. ޕާސްޕޯޓް ސައިޒްގެ  ފޮޓޯ (ވައިޓް ބެކްރައުންޑް)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ
  5. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  6. މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ
  7. މުއްދަތު ހަމަނުވާ ލައިސަންސް، އަދި ރެޖިސްޓްރޭޝަންގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދަންނަވާފައިވާ މައުލޫމާތުތަކާއިއެކު 07 މެއި 2019 ވާ އަންގާރަަ ދުވަހުގެ 12:00ގެ ކުރިން މި ހޮސްޕިޓަލުގެ އޮފީހަށް ވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވަމުން ގެންދެވުމަށް ދެންނެވީމެވެ. އަދި އީމެއިލް ކުރައްވާނަމަ ކުރައްވާނީ[email protected]  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނެ ނަންބަރަކީ 3391019

19 ޝައުބާން 1440ހ.

24 އޭޕްރިލް 2019

24 އޭޕްރިލް 2019
ހޯދާ