މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް މައި ޢިމާރާތުގައި ގަސް ބަހައްޓައިގެން ޒީނަތްތެރި ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

 

މިއޮފީހުންދޭ މަޢުލޫމާތާއި އެއްގޮތަށް، ކަސްޓަމްސް މައި ޢިމާރާތުގައި 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ގަސް ބަހައްޓައިގެން ޒީނަތްތެރި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 09 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 16 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

 

19 ޝަޢުބާން 1440

 24 އެޕްރީލް  2019 

 

24 އޭޕްރިލް 2019
ހޯދާ