ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
އެސިސްޓެންޓް މެނޭޖަރ ( ސެކިއުރިޓީ )
|
ވަޒީފާގެ ދާއިރާ:
|
ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ޑިޕާޓްމަންޓް
|
ބޭނުންވާ ޢަދަދު:
|
01
|
އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:
|
-/10،000ރ. އާއި -/23،000ރ. ދެމެދު
|
ފެންވަރު ނުވަތަ ޝަރުޠު:
|
- އޮފިސަރ ކެޑޭޓް ނުވަތަ އެފެންވަރުގެ ކޯހެއް ހަދާފައިވުން.
- އޭ.އެފް.ޓީ ނުވަތަ އެފެންވަރުގެ ޓެސްޓަކުން ފާސްވުން.
- ޕީ.ޓީ.އައި ނުވަތަ އެފެންވަރުގެ ކޯހެއް ހަދާފައިވުން.
- ސަލާމަތީ ބާރުތަކުގެ ކޮމިޝަން އޮފިސަރ ރޭންކުން މަތި މަޤާމެއްގައި އުޅެފައިވުން.
- އުމުރުން 50 އަހަރުން ދަށުގެ މީހަކު ކަމުގައިވުމާއި މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭނެ ފަދަ ސިއްޙަތުގެ ގޮތުން އެކަށީގެންވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
ކުންފުނީގެ ސެކިއުރިޓީ މަސައްކަތް ބެލެހެއްޓުމާއި ސުޕަވައިޒްކުރުން.
|
ސުންގަޑި:
|
މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2019 އެޕްރީލް 30 ވަނަ ދުވަހުގެ 15.00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާއަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- މިވަޒީފާއަށް ހޮވޭ ފަރާތުގެ މުސާރައާއި އެލަވަންސްތައް ކަނޑައެޅުމުގައި ލިބިފައިވާ ތަމްރީން އަދި ތަޖުރިބާ އަށް ބެލެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
19 ޝައުބާން 1440
24 އޭޕްރީލް 2019
|