ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
ސްޓާފް މެޑިކަލް ހެލްތު އިންޝިއުރެންސް ސްކީމް ގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

އިޢުލާން

                               ނަމްބަރު: GMIZL/IUL/PROC/2019/013

 

މި ކުންފުނީގެ މުވައްޒަފުންނަށް ސްޓާފް މެޑިކަލް ހެލްތު އިންޝިއުރެންސް ސްކީމް ގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމުގެ ތަޖުރިބާއާއި ޤާބިލުކަން ހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން

ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް

ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ

-

24 އެޕްރީލް 2019 އިން 28 އެޕްރީލް 2019 އަށް

8:30 ން 15:00 އަށް

ޕްރީ ބިޑް މީޓިންގ އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން.

އަންގާރަ

30 އެޕްރީލް 2019

10:00 ގައި

ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން

އަންގާރަ

07 މެއި 2019

10:00 ގައި

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:

 

  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 120  (ސަތޭކަ ވިހި) ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

 

ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކުންފުނީގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ޑިޕާރޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

 

23 އެޕްރީލް 2019

18 ޝަޢުބާން 1440

 

ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލި           Fen Building/ 4th floor

އަމީނީމަގު، މާލެ، ދިވެހިރާއްޖެ             Ameenee Magu, Male’, Republic of Maldives

ފޯން: 3307513،3307515 ފެކްސް: 3307514      Tel: 3307513, 3307515 Fax: 3307514

23 އޭޕްރިލް 2019
ހޯދާ