ކިނބިދޫ ޞިއްޙީ މަރުކަޒު، ތ. ކިނބިދޫ
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނާރސްއެއް ހޯދުން

މަޤާމް :ރެޖިސްޓަރޑް ނަރސް
ބޭނުންވާ އަދަދު :1

          

ކިނބިދޫ ޞިއްޙީ މަރުކަޒު

ތ. ކިނބިދޫ،  ދިވެހިރާއްޖެ

 

Kinbidhoo Health Centre

Th. Kinbidhoo,  Rep.of Maldives

 

 ނަންބަރު: N12-HC/ID/2019/01

އިޢުލާނު

ރެޖިސްޓަރޑް ނާރސް

މަޤާމް:

J-297793

މަޤާމުގެ ނަންބަރު:

1 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ސީ.އެސް 1-8، ސީ.އެސް 2-8 ، ސީ.އެސް 3-8

މަޤާމުގެ ރޭންކް:

ނާރސިން ޕްރޮފެޝަނަލް

މަޤާމުގެ ކްލެސިފިކޭޝަން:

ތ. ކިނބިދޫ ޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަހަކު -/9060 ރުފިޔާ

މުސާރަ:

ދުވާލަކަށް-/150 ރުފިޔާ

ސަރވިސް އެލެވަންސް:

 

 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
 5. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔްތައް.

އެހެނިހެން އެލަވަންސް:

 1. ޑޮކްޓަރުންގެ އޯޑަރަށް މަރުކަޒަށް އަންނަ ބަލިމީހުންނަށް ނާރސިން ކެއަރ ދިނުން.
 2. އާސަންދައިގެ ދަށުން ރެފަރ ކުރެވޭ ބަލިމީހުންގެ ރެފަރަލް ކަންތަކުގައި ނަރުހުންގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުން.
 3. ނަރުހުންގެ އިންޗާރޖްގެ ޒިންމާ ނަންގަވައިގެން މަސައްކަތްކުރަން ޖެހިއްޖެނަމަ އެ ޒިންމާ ނެގުން.
 4. ހިދުމަތް ދެމުންދާއިރު ނާރސަސް ސެކްޝަނަށް އިދާރީ ގޮތުން ދިމާވާ ދަތިތައް ބަލައި އެކަންކަން ހައްލުކުރުމަށްޓަކައި ވެރިންގެ ސަމާލުކަމަށް ގެނައުން.
 5. ކޮންމެ ޑިއުޓީއެއް ފެށޭއިރު އިންވެންޓްރީ ނަގަންޖެހޭ ތަކެތީގެ އިންވެންޓްރީ ނަގައި މަދުވާތަކެތި އިންވެންޓްރީއަށް ހަމަކުރުން.
 6. މަރުކަޒުން ރާވާ ގޮތެއްގެމަތިން އެދުމަތި ކުރެވިފައިވާ ބަލިމީހުންގެކައިރިޔަށް ޒިޔާރަތް ކުރުމާއި ޑޮކްޓަރުގެ ލަފާގެމަތިން ދޭންޖެހޭ ފަރުވާދިނުން.
 7. މަރުކަޒުގައި ހިންގާ ކްލިނިކްތަކާއި އެހެނިހެން ޕްރޮގްރާމްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
 8. ކްލިނިކަލް އޭރިޔާތަކުގެ އާއްމު ސާފްތާހިރުކަން ދެމެހެއްޓުމާއި، ރަނގަޅު ކުރަންޖެހޭކަންތައްތައް މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނައުން.
 9. ކްލިނިކަލް އޭރިޔާގައި ބޭނުންކުރާ މެޝިނަރީޒް އެންޑް އިކްއިޕްމެންޓްސް ރައްކާތެރިކަމާއި އެކު ބޭނުންކުރެވޭނެ ގޮތްތައް ކަނޑައަޅައި އަބަދުވެސް އެތަކެތި ރަނިން ކޮންޑިޝަންގައި ބެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި އަދި ހަލާކުވާ ތަކެތި ވީހާވެސް އަވަހަށް މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނައުން.
 10. ނަރުހުންނައި ގުޅޭ ވޯރކްޝޮޕް ސެމިނާފަދަ ޕްރޮގްރާމްތަކުގައި ކަނޑައެޅޭ އުސޫލުގެ މަތިން މަރުކަޒު ތަމްޞީލް ކުރުމާއި، އަދި އެފަދަ ބައްދަލުވުންތަކުންދެވޭ މަޢުލޫމާތުތައް ޙިއްޞާ ކުރަންޖެހޭ ފަރާތްތަކާއި ހިއްޞާ ކުރުން.

    12.  ޞިއްހީ މަރުކަޒުން ރެފަރ ކުރާ ބަލިމީނުންނާއި އެކު  ދާންޖެހޭ ދަތުރުތަކުގައި ބައިވެރިވުމާއި ދަތުރުމަތީގައި ދޭންޖެހޭ އެންމެހައި ފަރުވާދިނުމާއި ރެފަރކުރާ ހޮސްޕިޓަލަކުން ބަލިމީހާއި ހަވާލުވަންދެން ނަގަންޖެހޭ އެންމެހައި ޒިންމާތައް ނެގުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ސަރުކާރު ގަބޫލު ކުރާ އިންސްޓިޓިއުޓް އެއްގައި ނާރސިންގެ  ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 9. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސެންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 7 މެއި 2019 ވާ އަންގާރަދުވަހުގެ 13:30 ގެ ކުރިން، ތ.ކިނބިދޫ ޞިއްޙީ މަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޡިލް ކުރެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 20 މެއި 2019 އާއި 30 މެއި 2019 އާ ދެމެދު، ތ.ކިނބިދޫ ޞިއްޙީ މަރުކަޒު ގައެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ  ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ،ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780625 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

     

 

18 H 1440

23 އެޕްރިލް 2019މ.

 

 

                     

          

23 އޭޕްރިލް 2019
ހޯދާ