ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
CBM AGM 2019

 އަހަރީ އާއްމު ޖައްލަސާ 2019

 

                  24 މާރޗް 2019 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިބޯރޑުގެ އަހަރީ ޢާންމު ޖަލްސާވަނީ ސްޕޯރޓްސް ކޮމިޝަންގެ އެދުމުގެ މަތިން ފަސްކުރެވިފައެވެ. ނަމަވެސް ކޮމިޝަނަރ އޮފް ސްޕޯރޓްސްގެ ސިޓީ ނަމްބަރު:141-COS/CBM/2019/11 ގައި އެދިލައްވާފައިވާގޮތުގެ މަތިން 09 އޭޕްރީލް 2019 ވަނަ ދުވަހުގެ ހަވީރު 16:30ގައި ބޭއްވުނު މިބޯރޑުގެ އެގްޒެކެޓިވް ކޮމެޓީގެ ބައްދަލުވުމުގައިވަނީ އަހަރީ ޢާންމު ޖަލްސާ 15 ޖޫން 2019 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30ގައި ސޯސަލް ސެންޓަރުގައި ބާއްވާގޮތަށް ނިންމާފައެވެ. ވީމާ މެމްބަރ ކްލަބްތަކުގެ މައުލޫމާތަށްޓަކައި އޭޖީއެމް ބޭއްވޭނޭ ދުވަސް އާއްމުކޮށް އިޢުލާން ކުރަމެވެ.

އޭޖީއެމް ބޭއްވޭނޭ ތާރިހް:- 15 ޖޫން 2019

ގަޑި:- 20:30 – 21:30

ތަން:- ސޯޝަލް ސެންޓަރ

 

      ޢާންމު ޖަލްސާގެ އެޖެންޑާ

ތައާރަފް ޕްރެޒިޑެންޓް

2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުން

2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ފާސްކުރުން

ސީބީއެމްގެ 2018 ގެ އޮޑިޓް ރިޕޯޓް ފާސްކުރުން

ސީބީއެމްގެ 2019 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުން

2019 ވަނަ އަހަރަށް އޮޑިޓަރެއް އައްޔަން ކުރުން

މެންބަރުންގެ ހުށަހަޅާ މައްސަލަ 

 

23 އޭޕްރިލް 2019

18 ޝައުބާން 1440

 

23 އޭޕްރިލް 2019
ހޯދާ