ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެލިދޫއިން ތެޔޮވިއްކާ ބިމެއް ކުއްޔަށް ދޫކުރުން

ފެލިދޫއިން ތެޔޮވިއްކާ ބިމެއް ކުއްޔަށް ދޫކުރުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ތެލުގެ ވިޔަފާރިކުރުމަށް ވ.ފެލިދޫގެ ސިނާއީ ސަރަހައްދުން 2000 އަކަފޫޓްގެ 1 ބިން 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ނިންމާފައެވެ. އަދި ބިމުގެ ކުލީގެ ގޮތުގައި އަކަފޫޓަކަށް އެންމެ ކުޑަވެގެން ހުށައެޅޭނީ 0.75ރ. (ހަތްދިހަ ފަސްލާރި) އެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި، ޕްރޮޕޯސަލް ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް އަދި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ވަގުތު

ދުވަސް

ތާރީޚު

 ތަފްޞީލް

11:00

ހޯމަ

29 އޭޕްރީލް 2019

މަޢުލޫމާތު ސާފުކުރުން

11:00

ބުރާސްފަތި

02 މޭ 2019

ޕްރޮޕޯސަލް ހުށަހެޅުން

   މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަން ވާނެއެވެ. އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6700720  އަށްގުޅުއްވުން އެދެމެވެ.

13 ޝައުބާން 1440ހ.

18 އޭޕްރީލް 2019މ.

18 އޭޕްރިލް 2019
ހޯދާ