މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުވެރި

މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

ބޮޑުތަކުރުފާނުމަގު، ނ.މަނަދޫ

                                                    ނަންބަރ: (IUL)228-AB/228/2019/12

އިޢުލާނު

މަޤާމް:            ފަޅުވެރި

މަޤާމްގެ ނަންބަރ:          J-221820

ބޭނުންވާ އަދަދު:      1

މަޤާމްގެ ގިންތި:      ދާއިމީ

މަޤާމްގެ ރޭންކް:      SS2

މަޤާމްގެ ކްލެސިފިކޭޝަން: ސަޕޯޓްސްޓާފް ގްރޭޑް 2

ސެކްޝަން:         އެޑްމިން އެޗް އާރް އެންޑް އިންފޮރމޭޝަން ޔުނިޓް

މަޤާމްގެ އޮތް އޮފީސް:   މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭތަން: މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

މުސާރަ:           -/3470ރ ( ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ފަސްރުފިޔާ )

ސަރވިސް އެލަވަންސް:  -/1000 (އެއްހާސް ރުފިޔާ)

ސަޕޯޓިންގ ކޯއެލަވަންސް: -/1200 (އެއްހާސް ދުއިސައްތަ ރުފިޔާ)

އިތުރުއިނާޔަތްތައް:          1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

                2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                     3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

                     4. މީގެ އިތުރުން މަޤާމްގެ މަސައްކަތަށް ކަނޑައަޅާފައިވާ އެހެނިހެން އިނާޔަތްތައް.

މަޤާމްގެ މަސްޢުލިއްޔަތު  1. އަތޮޅުކައުންސިލްގެ އިދާރާގެ ލޯންޗްގައި ކުރަންޖެހޭ އެންމެހާ ދަތުރުތައް ކަމާބެހޭ ސެކްޝަން

ތަކާއި ވާޖިބުތައް:         / ޔުނިޓުން އަންގާ ގޮތެއްގެމަތިންކުރުން.

                2. ދަތުރުކުރާ ފަޅުވެރިއެއްގެ ގޮތުން ލޯންޗް ޑްރައިވަރު / ދޯނީގެ ނެވި ގެއިރުޝާދުގެދަށުން ކުރުން.

                     3. ލޯންޗް / ދޯނީގެ އިންޖީނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ނެވި / ޑްރައިވަރަށް އެހީތެރިވުން.

                     4. ލޯންޗު ފަޅުގައި އޮންނައިރު ދުވާލަކު އެއްފަހަރު ފަޅުވެރިންނާއެކު ލޯންޗަށް ގޮސް ލޯންޗް ސާފުކުރުމާއި،

                        ވާވެލާވެލި ހުރީ ރަނގަޅަށްތޯ  ބަލައި ޗެކް ކޮށް ރަނގަޅުކުރަން ޖެހޭނަމަ ރަނގަޅުކުރުން.

                     5. މަދުވެގެން ހަފްތާއަކު އެއްދުވަހު  ލޯންޗް އުނގުޅާ ފެހި ކަހާސާފުކުރުން.

                  6. ދަތުރުތައް ކުރުމުގައި ސަލާމަތާއި ރައްކާތެރި ވުމުގެ ގޮތުން ކުރަން ޖެހޭ ހުރިހާކަމެއްކުރުން.

                     7. ލޯންޗުގައި ކޮންމެދުވަހަކުވެސް ދަތުރުކުރެވޭނެ ގޮތަށް ތެލާއި،ބޯފެން ފަދަ ދަތުރަށް ބޭނުންވާނެ ސާމާނު

                        ހަމަކޮށް ކުއްލިޙާލަތުގައިވެސް  ދަތުރަށް ފުރޭގޮތަށް ލޯންޗް ތައްޔާރުކޮށް ދަތުރުކުރެވޭގޮތަށް ބޭއްވުން.

                     8. ދަތުރަށް އަރާފަސިންޖަރުންނަށް އެހީތެރިވެދީ އެހީތެރިކަން ބެހެއްޓުން.

                     9. ދަތުރު ތަކުގައި އާއި، ލޯންޗް އަޅާފައި އޮންނައިރު ލޯންޗް ބެލެހެއްޓުން.

                     10. ވިއްސާރަ ވައިގަދަ މޫސުމުގައި ފަޅުގައި އަޅާފައި އޮންނައިރު ވެސް ޚާއްސަ ކަމެއްދީގެން  ލޯންޗް

                         ބެލެހެއްޓުން.

                     11. ސެކްޝަން/ ޔުނިޓް ތަކުގެ މަސައްކަތްތަކުގައި މުވައްޒަފުންބޭނުންވާ އެހީތެރިކަން ދިނުން.

                     12. އިދާރާއިން ކުރާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި،އިދާރާގެ މަސައްކަތުގެ ތެރެއިން

                         ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:   1. ލިޔަންކިޔަން އެނގުން

                ނުވަތަ

                2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް ޙާޞިލިކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު  - ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

ފަރާތެއް ހޮވުމަށް ބެލޭނެ - މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

ކަންތައްތައް:         - މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.    

 

ހުށައަޅަންޖެހޭ        1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.

ލިޔުންތައް:          2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

                3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް

                        ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

                     4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ

                       މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ

                       އޮފީހުގެ ލިޔުން.

                     5. (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ

                       އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް

                       އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

                   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ

                       އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ

                       އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ

                       ރެފަރެންސް ޗެކްފޯމް.

މަޤާމަށް އެދެންވީގޮތާއި   ވަޒީފާއަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް

ސުންގަޑި:              ކޮމިޝަންގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ

                  ތަކެތި ހުށަހަޅާނީ 2 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށެވެ.

                    ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް

                    އެޑްރެހަކީ، [email protected]  އެވެ. ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން

                       އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމް  

                       ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކުހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ

                   އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.     

އިންޓަރވިއު އޮންނާނެ      މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،  12 މެއި 2019އާއި 16 މެއި

ތަނާއި، މުއްދަތު:        2019 އާއި ދެމެދު، ނ.އަތޮޅުކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން،

                  އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:           މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން  ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް

                   ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް      މިމަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރަޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %35

 ކަނޑައަޅާފައިވާ               (ތިރީސް ފަހެއް) އިންސައްތަ ލިބެންޖެހެއެވެ.

ކްރައިޓީރިއާގެ ހުރިހާ

ބަޔަކުން އެންމެ ދަށްވެގެން

 ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

އިތުރު މަޢުލޫމާތު ހޯދުން:    މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560012 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ

                    [email protected] އަށެވެ.

 

13  ޝަޢުބާން   1440

18  އެޕްރީލް   2019

18 އޭޕްރިލް 2019
ހޯދާ