މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ނިޝާން އިއްޒުއްދީންގެ ޢިއްޒަތެރިވެރިޔާ ހ.ބުރެވިމާގޭ އަލްފާޟިލް މުޙައްމަދު ޒާހިރުގެ ތއުބީރުގެ ޖަލްސާއަށް ބެކް ޑްރޮޕް ހެދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ.                                           

                                             ނަމްބަރ: IUL10-F/10/2019/50

އިޢުލާން

   ނިޝާން އިއްޒުއްދީންގެ ޢިއްޒަތެރިވެރިޔާ ހ. ބުރެވިމާގޭ އަލްފާޟިލް މުޙައްމަދު ޒާހިރުގެ ތައުބީރު ޖަލްސާ 2 މެއި 2019 (ބުރާސްފަތި) ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ޖަލްސާއަށް ދަރުބާރުގޭގައި  ތައްޔާރު ކުރުމަށް ބޭނުންވާ ސައުންޑާއި ، ލެޑް ވޯލް ބަހައްޓައި ލައިޓް ހަރުކޮށް ތަން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 އޭޕްރީލް 2019 ވާ  ބުރާސްފަތި ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

 

 

 

18 އޭޕްރިލް 2019
ހޯދާ