މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

އިޢުލާން

 

ވަޒީފާގެ ފުރުސަތު

މަޤާމު:

މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމް ނަންބަރު:

J-295651

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާ

މުސާރަ

.005610 ރުފިޔާ

ސަރވިސް އެލަވަންސް

.002000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

.00700 ރުފިޔާ

 

އެހެނިހެން އެލަވަންސް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިސް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އަދި ރަމަޟާންމަހުގެ ޚާއްޞަ އިނާޔަތުގެ ފައިސާ.

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

1-      މުނިސިޕަލް ސަރވިސް ސެކްޝަނަށް ލިބޭ/ މެސެޖް ތަކަށް ޖަވާބު ދިނުން.

2-      ވިހާ / މަރުވާ ރަށުގެ އާބާދީގެ ރަޖިސްޓްރީއާއިބެހޭ ކަންތައްތައް ބެލެހެއްޓުން.

3-      އެކިބޭނުމަށް ރަށުން ދޫކުރެވޭ ބިންބިމާއި ވަގުތީގޮތުން ދޫކުރެވޭ ބިންބިމާއިބެހޭ ކަންތައްތައް ބެލެހެއްޓުން.

4-      އެކެއްގެ އެއްޗަކުން އަނެއް ފަރާތަށް ދަތިވާ މައްސަލަތައް ބަލައި ނިންމައި ދިނުން.

5-      ގޯތިގޯއްޗާއި، ބިންބިމާއި މަގަށް އަރާ ރުއްގަހަށް ބަދަލު ދިނުމުގެ މައްސަލައި ނިންމައި ދިނުން.

6-      ބިންބިމާއި ޢިމާރާތްތަކާއި ގޯތީގެ ރަޖިސްޓްރީ ކުރުމާއި ބިމުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

7-      ރަށުގެ ބޯފެނާއި ފާޚާނާގެ ނިޒާމް ބެލެހެއްޓުން.

8-      އެކިއެކި ބޭނުމަށް ރަށުން ދޫކުރެވޭ ބިންބިމާއި ވަގުތީ ގޮތުން ދޫކުރެވޭ ބިންބިމާބެހޭ ކަންތައްތައް ބެލެހެއްޓުން.

9-      އިޖުތިމާއި މަރުކަޒު، ކުޅިވަރުކުޅޭ ތަންތަން އަދި ބޯޅަދަނޑު ފަދަ ތަންތަން އުސޫލުތަކާއި އެއްގޮތަށް ހިންގާ ބެލެއްޓުން.

މަޤާމުގެ ޝަރުތުތައް

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ އާބަން ސްޓަޑީޒްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

ހ. ޙާޞިލްކޮށްފައިވާ ތައުލީމަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއު/ ޕްރެޒެންޓޭޝަން/ ޕްރެކްޓިސްއަށް ބަލައިގެން.

ރ. މަސައްކަތުގެ ދާއިރާ އާއިގުޅޭ ކުރު މުއްދަތުގެ ތަމްރީނަށް ބަލައިގެން.

 

 

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

 

 

 

 

 

 

 

 

 

 

1-      ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި، މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނު ސެޓްފިކެޓްތަކުގެކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލުޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތުތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި، ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 25 އޭޕްރީލް 2019 އިން ފެށިގެން 30 އޭޕްރީލް 2019 އާ ދެމެދުގެ ދުވަހެއްގައި މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާގައެވެ. މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުމަށް ދަންނަވަމެވެ.

 

ޝޯޓް ލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6608303 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

09 އޭޕްރިލް 2019
ހޯދާ