މަސައްކަތް
ނަންބަރު: M8C-A/2019/01
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 08:55
ސުންގަޑި: 10 އޭޕްރިލް 2019 10:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ދ.ރިނބުދޫ މެޖިސްޓްރޭޓް ކޯޓުގެ މިހާރު ބޭނުންކުރަމުންދާ އިމާރާތަށް ބަދަލުގެނެސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢުލާން

ދ. ރިނބުދޫ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ދ.ރިނބުދޫ މެޖިސްޓްރޭޓް ކޯޓުގެ މިހާރު ބޭނުންކުރަމުންދާ އިމާރާތަށް ބަދަލުގެނެސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 02 އޭޕްރިލް 2019 ވަނަ ދުވަހުގެ 10:00 އަށް ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ދ.ރިނބުދޫ މެޖިސްޓްރޭޓް ކޯޓަށް، ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 އޭޕްރިލް 2019 ވަނަ ދުވަހުގެ 10:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ކޯޓަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

19 ރަޖަބް 1440

26 މާރިޗު 2019