ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-VD/01/2014/5
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2014
ޕަބްލިޝްކުރި ގަޑި: 09:58
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް ބްރޯކަރުން އައްޔަންކުރުމާބެހޭ

މިއޮފީހުގެ ނަންބަރު (IUL)14-VD/01/2014/3 (21 ޖަނަވަރީ 2014) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

1 ފެބުރުވަރީ 2014 ދުވަހުން ފެށިގެން މުދަލުގެ ވެރިފަރާތުގެ ބަދަލުގައި ކަސްޓަމްސް ބްރޯކަރުން ޝާމިލުވެގެން ގުޑްސް ޑިކްލަރޭޝަން ނިންމުމާއި މުދާ ބަލައި ފާސްކޮށް ދޫކުރެވޭނީ،  އެ މުދަލުގެ ވެރިފަރާތުން، ކަސްޓަމްސް ބްރޯކަރެއް ޢައްޔަންކޮށް އެކަން ކަސްޓަމްސްއަށް ހުށަހެޅުމުންކަމަށް، ހަވާލާދެވިފައިވާ އިޢުލާނުންވާނީ ދެންނެވިފައެވެ. ނަމަވެސް މިސަރވިސްގެ ޚިދުމަތް ހޯދާ ގިނަ ފަރާތްތަކަކުން މި މުއްދަތު އިތުރުކޮށްދިނުމަށް އެދެމުންދާތީ، މިއުސޫލަށް އަމަލުކުރަން ފެށުން 17 ފެބުރުވަރީ 2014 އަށް ފަސްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

29 ރަބީޢުލްއައްވަލް 1435

30 ޖަނަވަރީ 2014