މަސައްކަތް
ނަންބަރު: (IUL)468-U01/INDIV/2019/16
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 18:12
ސުންގަޑި: 27 މާރިޗު 2019 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތައް މަރާމާތު ކުރުން

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް 1440 ވަނަ އަހަރުގެ ރަމަޟާން މަހާއި ގުޅުވައިގެން މިސިޓީގެ މިސްކިތްތަކުގައި ކުރަންހުރި މަރާމާތުތައް ކުރުމާއި ކުލަލާ ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަމުގެ ޝައުގުވެރިކަން އަމިއްލަ ފަރާތްތަކުންނާއި ވަކިވަކި ފަރުދުން ފާޅުކުރައްވަމުން ގެންދަވާތީވެ އެ މަސައްކަތް ކައުންސިލާއި ގުޅިގެން ކުރުމަށް އެދޭ އެންމެހާ ފަރާތްތަކަށް އާންމުކޮށް ވަާނީ ހުޅުވާލެވިފައެވެ.

ވީމާ ކައުންސިލާއި ގުޅިގެން މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ފަރުދަކު ނުވަތަ ކުންފުންޏަކުން މަރާމާތުކޮށް ޒީނަތްތެރިކުރުމަށް ބޭނުންވާ މިސްކިތްތަށް ބަޔާންކުރައްވައި ކުރަން ބޭނުންވާ މަރާމާތުގެ ތަފްސީލާއިއެކު 27 މާރިޗު 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

19 މާރިޗު 2019