ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-M/1/2019/22
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި: 31 މާރިޗު 2019 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
30 މާރިޗު 2019 ވަނަ ދުވަހު ފެތުމުގެ އިވެންޓެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ ކ.ފުނަދޫ ސަރަހއްދު ބަންދު ކުރުމާއި ބެހޭ

އިޢުލާން

 

އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި 30 މާރިޗު 2019 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު، ކ.ފުނަދޫ އިން މާލެ އަށް ފެތުމުގެ އިވެންޓެއް ބޭއްވުމަށް މޯލްޑިވްސް ލައިފް ގާރޑް އެސޯސިއޭޝަން އިން ވަނީ ހަމަޖައްސަވާފައެވެ.

ވީމާ، 30 މާރިޗު 2019 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00 އިން 6:00 އަށް ކ. ފުނަދޫ އާއި މާލެ އާއި ދެމެދު މި އިވެންޓު ބޭއްވުމަށް ހަމަޖައްސާފައިވާ ސަރަޙައްދަށް ކަމާއިނުބެހޭ އުޅަނދުފަހަރު ވަނުމަކީ މަނާ ކަމެއްކަން އަންގައި އިޢުލާނު ކުރީމެވެ. އަދި އެ ސަރަޙައްދާއި ކައިރިން ދަތުރުކުރާ އުޅަނދުފަހަރުވެސް މިކަމަށް ސަމާލުކަންދީ ރައްކާތެރިކަމާއެކު ދަތުރު ކުރުމަށް އިލްތިމާސް ކުރީމެވެ.

14 ރަޖަބު 1440

21 މާރިޗު 2019

 

 

ދިވެހިސަރުކާރުގެ ގެޒެޓް

  މާލެ، ދިވެހިރާއްޖެ

21 މާރިޗު 2019