ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-PR/1/2019/6
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 09:50
ސުންގަޑި: 21 މާރިޗު 2019 13:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މިއޮފީހުގެ ޑާޓާ ސެންޓަރުގެ އިކުއިޕްމެންޓްސްތަކުގެ ލައިސަންސް އައު ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

 

 

މިއޮފީހުގެ ޑާޓާ ސެންޓަރުގެ އިކުއިޕްމެންޓްސްތަކުގެ ލައިސަންސް އައު ކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާން ނަންބަރ (IUL)14-PR/1/2018/03 އަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 21 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 28 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

6 ރަޖަބު  1440

13 މާރިޗު 2019

 

14 މާރިޗު 2019