ދިވެހިރާއްޖެ
| 
 ވަޒީފާގެ ފުރުޞަތު  | 
 ނަންބަރު : IUL)147-AIT/1/2019/04)  | 
||
| 
 ތާރީޚް: 13 މާރިޗު 2019  | 
|||
| 
 މަޤާމް:  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ.އެސް3)  | 
 ބޭނުންވާ ޢަދަދު:  | 
 01  | 
| 
 މުސާރަ:  | 
 މަހަކު -/4465 ރުފިޔާ  | 
 ސާރވިސް އެލަވަންސް:  | 
 މަހަކު -/1500 ރުފިޔާ  | 
| 
 މަސައްކަތްކުރަންޖެހޭތަން:  | 
 ޖުވެނައިލް ކޯޓު / މާލެ  | 
 ސެކްޝަން:  | 
 ރަޖިސްޓްރާރސެކްޝަން(D)  | 
| 
 މަޤާމުގެ އަސާސީ ޝަރުތު:  | 
 މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއި އެކު؛ 1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ؛ 2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކުހެއް ލިބެމުންދިޔުމާ އެކު، 2 GS ރޭންކްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.  | 
||
| 
 އެހެނިހެން ޝަރުތު:  | 
  | 
||
| 
 މަޤާމުގެމައިގަނޑުމަސްއޫލިއްޔަތު:  | 
 -ކޯޓަށް ހުށަހެޅޭ މައްސަލަތައް ހުށަހަޅާއަށް އެންޓަރ ކުރުން. - ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިޔުން. - "ޖުވެނައިލް ކޯޓުގައި ވަކާލާތުކުރާނެ ޤާނޫނީވަކީލުންގެ ރަޖިސްޓްރީ" ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން. - ޝަރީޢަތްތަކާއި، ބަންދާގުޅޭ ތަފާސްހިސާބުތައް އަޕްޓޭޑްކޮށް ބެލެހެއްޓުން. - ކޯޓުގެ ވެބްސައިޓަށް ލުމަށާއި، މީޑިއާތަކަށް ހިއްސާކުރުމަށް ތައްޔާރުކުރަންޖެހޭ ޚަބަރުތައް ތައްޔާރުކުރުމާއި އެއާއި ގުޅިގެން އަޅަންޖެހޭފިޔަވަޅުތައްއެޅުން. - ކުޑަކުދިންނާއި ބެލެނިވެރިން އަދި މުޖުތަމަޢު ހޭލުންތެރިކުރުމަށާއި އަދި ކޯޓުގެ ތަޞައްވަރު ރަގަޅުކުރުމަށް ހިންގޭ ޕްރޮގްރާމްތަކާއި ކަންކަމުގައި ކުރަންޖެހޭ މަސައްކަތްތައްކުރުން. - ކުޑަކުދިންނާއި ބެލެނިވެރިން އަދި މުޖުތަމަޢު ހޭލުންތެރިކުރުމަށްޓަކައި ކޯޓުގެ ފަރާތުން ތައްޔާރު ކުރަންޖެހޭ ލީފްލެޓްތަކާއި ލުއިފޮތްފަދަ ތަކެތި، ސެކްޝަންވެރިޔާގެ މަޝްވަރާއާއެކު ތައްޔާރުކުރުމުގެ މަސައްކަތްކުރުން. - ސެކްޝަނުގައި ކުރަންޖެހޭ އިދާރީ އެހެނިހެން މަސައްކަތްތައް ކުރުން.  | 
||
| 
 އުޖޫރައާއި ޢިނާޔަތްތައް:  | 
 މި މަޤާމަށް ހޮވޭފަރާތްތަކަށް: 
  | 
||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 މި މަޤާމަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމު ފުރިހަމަ ކުރުމަށްފަހު، ހުށަހެޅުމަށް އެފޯމުގައިބަޔާންކޮށްފައިވާ ތަކެއްޗާއެކު، މިކޯޓަށް (ޖުވެނައިލް ކޯޓު، މ. މާތިލަ) ފޯމު ހުށަހެޅުން އެދެމެވެ.  | 
||
| 
 ސުންގަޑި:  | 
 2019 މާރިޗު 20 ވަނަ ދުވަހުގެ 12:00  | 
||
| 
 އިތުރު މަޢުލޫމާތު:  | 
 - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. - ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ. - ވަޒީފާއަށްއެދޭ ފޯމު މިކޯޓުގެ ރިސެޕްޝަނުންނާއި ވެބްސައިޓު http://www.juvenilecourt.gov.mv އިން ލިބެންހުންނާނެ.  | 
||