ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)428 /1/2019/7
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 1233
ސުންގަޑި: 19 މާރިޗު 2019 1200
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ މަގާމަށް މީހަކު ބޭނުންވެއްޖެ.

ތިރީގައި މި ދަންނަވާ މަގާމަށް ބޭފުޅަކު ހޯދުމަށް 20 ފެބްރުއަރީ 2019 ގައި ކުރި އިޢުލާން (IUL)428-A/1/2019/4 އަށް އެއްވެސް ފަރާތަކުން ކުރުމަތިލާފައި ނުވާތީވެ، މިމަގާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

   

   މަޤާމް:                       ޕްރޮގްރާމް އޮފިސަރ

   މަޤާމް ނަންބަރ:                J-250685

   ބޭނުންވާ އަދަދު:                01

   މަޤާމުގެ ގިންތި:                ދާއިމީ

   މަޤާމުގެ ރޭންކް:                އެމް. އެސް 2

   މަޤާމުގެ ކްލެސިފިކޭޝަން :         ޓެކްނިކަލް އޮފިސަރ ގްރޭޑް 2

   ވަޒީފާ އަދާކުރަންޖެހޭ ތަން:         ޓިވެޓް އޮތޯރިޓީ

   މުސާރަ :                    6295.00 ރުފިޔާ

   ސާވިސް އެލަވަންސް:             2000.00 ރުފިޔާ

   އެހެނިހެން އެލަވަންސް:

1-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2-      ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3-      ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

4-      ސަޕޯޓިންގ ކޯ އެލަވަންސް ގޮތުގައި މަހަކު 900.00 ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ކޮލިޓީ އެޝުއަރެންސްގެ މަސައްކަތް ކުރާނެ ގޮތްތައް ހޯދާ އެފަދަ ޤާބިލްކަން ޑިވިޜަންގައި ތަރައްޤީ ކުރުން.
  • ޕްރޮގްރާމްތަކުގެ ކޮލިޓީ ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ބޭނުންވާ ފޯރމްތަކާއި އެހެނިހެން ލިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް ރާވާ ހިންގުން.
  • ކޮމްޕީޓެންސީ ސްޓޭންޑާރޑްސްތަކުގެ އެސެސްމަންޓުގެ ބައި ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން އަދި އެސަސްމަންޓާއި ބެހޭ ލިޔެކިޔުން ފަރުމާކުރުން.
  • ސްޓޭންޑާރޑްތައް އެޕްރޫވްކުރުމުގައި އަދި އެސަސްމަންޓުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއާއި ގުޅިގެން ކުރާ މަސައްކަތްތައްކުރުން.
  • މާލެ އާއި އަތޮޅު ތެރޭގައި ހިންގޭ ޓިވެޓް ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގަމުންދާ ގޮތް ބެލުމުގެ މަސައްކަތްކުރުން.
  • މޮނިޓަރިންގ ނިންމުމަށްފަހު ރިޕޯޓް ހެދުން.
  • ޓިވެޓް ޕްރޮމޯޓްކުރުން.
  • ޓިވެޓް އޮތޯރިޓީ އިން ކުރިޔައްގެންދާ ޚާއްސަ މަސައްކަތުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން.

 

މަޤާމުގެ ޝަރުތު:    

  1. މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން.

ނުވަތަ:

2. މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

 ގުޅޭ ވަޒީފާގެ ދާއިރާތައް:

އެޑިޔުކޭޝަން

 ތައުލީމީ ރޮނގުތައް:

އެޑިޔުކޭޝަން

 ހުށަހަޅަންޖެހޭ ލިޔުންތައް

1- މި މަޤާމަށް އެދި ހުށައަޅާ ފޯމް (މި ފޯމް މި އޮތޯރިޓީގެ ވެބްސައިޓް  www.tvet.gov.mv އިން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ، ދެފުށުގެ ލިތުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

   (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

   (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ސިޓީ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

  ހ. ހާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

 ވަޒީފާ ހަމަޖެއްސުމަށް ބެލޭނެ އެހެނިހެން ކަންތައްތައް

ހ. ގިނަވަގުތުގައި މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

ށ. ރާއްޖޭގެ ރަށްތަކާއި ރިސޯޓްތަކަށް ދަތުރުކުރެވޭ ފަރާތަކަށްވުން.

ނ. ނުރަސްމީ ގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ އޮފީހަށް ނުކުމެވޭ ފަރާތަކަށްވުން.

ރ. އޮފީހުގެ ރަސްމީ ގަޑީގައިއާއި އަދި ނުރަސްމީ ގަޑީގައި ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވެވޭނެ ފަރާތަކަށްވުން.

                            

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ، ނައިންތް ފްލޯ، އެދުރުހިޔާ ބިލްޑިންގ، ފަޅުމަތީ ހިނގުމަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 19 މާރިޗު 2019 ވަނަ ދުވަހުގެ 12.00ގެ ކުރިންނެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު.

ހ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 19 މާރިޗު 2019 އާއި 25 މާރިޗު 2019 އާ ދެމެދުގައި ޓިވެޓް އޮތޯރިޓީގައެވެ.  

 

ޝޯޓްލިސްޓް ކުރުން:

ހ. މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.   

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރ 3341313 ފޯނަށް ގުޅުއްވުން އެދެމެވެ.

2019-03-06