ޢާންމު މަޢުލޫމާތު
ނަންބަރު: IL-BPM/2019/14
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 07 މާރިޗު 2019 10:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މިއޮތޯރިޓީގައިި ބޭނުންކޮށްފައިހުރި ގޮނޑިމޭޒާއި، ދޮރާއިދޮރުފަތް، އެލުމިނިއަމް އަދި ފެބްރިކްޕާރޓިޝަން، ތަށިސަމުސަލާއި ފުލޯކާޕެޓް އަދި އެހެނިހެން ބައެއް އިލެކްޓްރޯނިކް ސާމާނާއި ބައެއް އެހެނިހެންތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

މިތަކެތި ނީލަންކިޔާނީ ތަކެތިބަލާ، ވަގުތުންއަގުހުށަހަޅާ، ނީލަންނިންމާ އުސޫލުން، މިއޮތޯރިޓީގައެވެ. ނީލަންކިއުން އޮންނާނެ ތާރީޚާއި ގަޑި ތިރީގައިއެވަނީއެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުމާއި ނީލަންކިއުން

7 މާޗު 2019

ބުރާސްފަތިދުވަސް

10:00

ވީމާ މި ނީލަމާބެހޭ މަޢުލޫމާތު އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

04 މާރިޗު 2019