ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MHCL-HRM/1/2019/10
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 14 ފެބުރުވަރީ 2019 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފިސަރ

އިޢުލާނު

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ޕްރޮކިއުމަންޓް އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ އާއި އިނާޔަތްތައް

-/8،500 ރުފިޔާ އާއި -/10،500 ރުފިޔާއާ ދެމެދު

އިތުރު ޢިނާޔަތް:

 ކޯޕަރޭޝަނުން ކަނޑައަޅާ އުޞޫލެއްގެ މަތީން ކޯޕަރޭޝަންގެ ފަރާތުން ކުރާ ޙައްޖާއި ޢުމްރާ ދަތުރުތަކުގައި     ބައިވެރިވުމުގެ ފުރުޞަތު ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

  • ބިޒްނަސް މެނޭޖްމަންޓް ނުވަތަ ފައިނޭންސް އާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.
  • މި މަޤާމަށް މީހަކު އައްޔަން ކުރުމުގައި ޕްރޮކިއުމަންޓް ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަސްއޫލިއްޔަތު:

  •  ބިޑް ޑޮކިއުމަންޓް ތައްޔާރުކުރުން.
  •  ބިޑް އިވެލުއޭޝަން މަސައްކަތަށް ބޭނުންވާ އެންމެހާ ލިޔުންތައް ތައްޔާރުކޮށް ކޮމެޓީއަށް ހުށަހެޅުން.
  •  ބިޑް އިވެލުއޭޝަން ކޮމެޓީގެ މަސައްކަތްތައް މެނޭޖިންގ ޑިރެކްޓަރ އަންގާ ގޮތެއްގެ މަތީން ބެލެހެއްޓުން.
  •  ކޯޕަރޭޝަނަށް ބޭނުންވާ ތަކެތީގެ އަގު ހޯދުމާއި އިވެލުއޭޝަން ފޯމު ތައްޔާރުކުރުން.
  •  ހޯދާ ތަކެއްޗާއި ޚިދުމަތާ ގުޅިގެން ލިބޭ އިންވޮއިސްތައް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ލިޔެކިޔުން ފުރިހަމަކޮށް ޕޭމަންޓް ހެދުމަށް ފޮނުވުން.
  •  ކޯޕަރޭޝަނަށް ބޭނުންވާ ތަކެތި ހޯދުމުގެ އެންމެހާ މަސައްކަތް ކުރުން.
  •  ކޯޕަރޭޝަން ހިންގުމަށް ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި ގަތުން.
  •  ކޯޕަރޭޝަންގެ އިދާރީ ހިންގުން ހަމަޖެއްސުމަށް ބޭނުންވާނެ ލޮޖިސްޓިކް މަސައްކަތްތައް ބެލެހެއްޓުން.

 

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 14 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމާއި އެހެނިހެން ލި ލިޔެކިޔުންތައް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން [email protected] އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ކަނޑައެޅޭ ގޮތެއްގެ މަތީން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ އިޚްތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

06 ފެބުރުވަރީ 2019