މަސައްކަތް
ނަންބަރު: (IUL)88-PHR/88/2014/8
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2014
ޕަބްލިޝްކުރި ގަޑި: 17:25
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ކ. ފަރުކޮޅުފުށި ރިޒޯޓެއްގެ ގޮތުގައި ހިންގުމާބެހޭ

ކ. ފަރުކޮޅުފުށި ރިޒޯޓެއްގެ ގޮތުގައި ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް 12 ޖަނަވަރީ 2014ވީ ދުވަހު ކުރެވުނު އިޢުލާން ނަންބަރު  IUL)88-PHR/88/2014/2) އަށް ހަވާލާދީ ދަންނަވަމެވެ.

22 ޖަނަވަރީ 2014 ވަނަ ދުވަހު ސިވިލް ކޯޓްގެ ނަންބަރު Cv-C/2013/ފ1544 ޤަޟިއްޔާއިން ވަނީ ކ. ފަރުކޮޅުފުށްޓާ ގުޅޭގޮތުން އެކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ޝަރީއަތުން ޙުކުމެއް ކުރެވެންދެން ކ. ފަރުކޮޅުފުށީގައި ރިޒޯޓެއް އޮޕަރޭޓްކުރެވޭ ގޮތަށް ހުރި މުދާ ނައްތާނުލުމަށާއި، ނުވަތަ ނީލަމުގައި ވިއްކާ ނުލުމަށާއި، ނުވަތަ އެމުދާތަކާ ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި، އަދި ކ. ފަރުކޮޅުފުށީގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީ ކޮށްގެން ހިންގުމަށް އެހެން ފަރާތަކަށް ހަވާލުކުރުން ފަސްކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމަށާއި މިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގައި ވަގުތީ އަމަރެއް ނެރެފައެވެ.

 ވީމާ، ކޯޓް އަމުރާ ގުޅިގެން ކ. ފަރުކޮޅުފުށި ރިޒޯޓެއް ގޮތުގައި ތަރައްޤީކުރުމަށް މިމިނިސްޓްރީން ކޮށްފައިވާ ބިޑްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓިފައިވާކަން  މިއަދު 23 ޖަނަވަރީ 2014 ވަނަ ދުވަހު ކ. ފަރުކޮޅުފުށި ބިޑާ ގުޅޭގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ 'ޕްރީ ބިޑް އިންފޮރމޭޝަން ސެޝަން' ކެންސަލްކުރެވިފައިވާކަން އަންގައި އިޢުލާންކުރަމެވެ.

23 ޖަނަވަރީ 2014