ޢާންމު މަޢުލޫމާތު
ނަންބަރު: SAM / 2014 / IUL / 002
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2014
ޕަބްލިޝްކުރި ގަޑި: 15:35
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ ޢާންމު ޖަލްސާ 2014

ސްވިމިންގ އެސޯސިއޭޝަންއޮފް މޯލްޑިވްސްގެ އަހަރީ ޢާންމު ޖަލްސާ 2014

މިއެސޯސިއޭޝަންގެ 2013ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ 1 ފެބުރުވަރީ 2014 ވާ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިކަން މި އެސޯސިއޭޝަންގެ ހުރިހާ މެމްބަރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިޖަލްސާގައި ފާސްކުރެވޭ 2013 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި 2013 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ބޭނުންފުޅުވާ ފަރާތްތަކަށް 26 ޖަނަވަރީ 2014 ވާ އާދީއްތަ ދުވަހުން ފެށިގެން މިއެސޯސިއޭޝަނުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

އަދި ދަންނަވަމެވެ. 2013 ވަނަ އަހަރުގެ އަހަރީ ރިޕޯޓަށާއި، 2013 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާއަށާއި އަދި މި އެސޯސިއޭޝަންގެ އަސާސީ ގަވާއިދަށް އެއްވެސް ބަދަލެއް ނުވަތަ އިޞްލާޙެއް ގެންނަން ބޭނުންފުޅުވާނަމަ 30 ޖަނަވަރީ 2014 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ.

16 ޖަނަވަރީ 2014