ކުއްޔަށް ހިފުން
ނަންބަރު: (IUL)GS63-AD/GS63/2019/05
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 05 ފެބުރުވަރީ 2019 11:00
ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
2 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފުން

        މިސްކޫލަށް 02 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔައް ހިފަން ބޭނުންވެގެން ކޮށްފައިވާ އިއުލާން ނަންބަރ: IUL)GS63-AD/GS63/2019/02)  އާއި ގުޅިގެން އެކަށީގެންވާ އަދަދަށް ފަރާތްތަކުން ކުރިމަތިލާފައި ނުވާތީ ކުރިން ދެންނެވުނު އިޢުލާން ބާޠިލްކޮށް އަލުން އެކަމަށް އިޢުލާން ކުރަމެވެ.

        މިސްކޫލަށް 01 އަހަރު ދުވަހުގެ މުއްދަތަށް 02 ކޮޓަރީގެ އެޕާޓްމަންޓެއް (ދެކޮޓަރިއާއި ސިޓިންގްރޫމް އަދި ބަދިގެ ފަރުނީޗަރާއެކު) ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

 

        ވީމާ، އެޕާޓްމަންޓް ކުއްޔަށް ދޫކުރަން ޝައުގުވެރިވާ ފަރާތްތަކުން  5 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 ފެބްރުއަރީ 2019 ވާ  ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

        ބިޑްތައް ހުޅުވުން އޮންނާނީ މިކަމަށް އެދުނު ފަރާތްތަކުގެ ޙާޒިރުގައި 11 ފެބްރުއަރީ 2019 ވާ  ހޯމަ ދުވަހުގެ  ހެނދުނު 11:00 ގައި ސްކޫލް އޮފީހުގައެވެ. ބިޑްހުށަހަޅާނީ ސްކޫލުން ދޫކުރާ ބިޑް ޑޮކިއުމެންޓާއި އެއްގޮތަށެވެ.

        އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ. ވެރިފަރާތް ނޫންއެހެން ފަރާތެއް މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާނަމަ ގޭގެ ވެރިފަރާތުގެ ސިޓީއަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާރޑުގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ.

 

18 ޖުމާދުލްއައްވަލް 1440

24 ޖަނަވަރީ 2019

 

24 ޖަނަވަރީ 2019