ދިވެހިރާއްޖެ
`
ނަންބަރު:IUL-248-CAA/248/2019/10
އިޢުލާން
2019 ވަނަ އަހަރަށް، ވަގުތީ މަސައްކަތު މީހުން ބޭނުންވެއްޖެ
މިރަށުގެ މިސްކިތްތަކުގައި މަސައްކަތްކުރާ މަސައްކަތު މީހުން އަހަރީ ޗުއްޓީ، ޢާއިލީ ޒިންމާ ޗުއްޓީ، ސަލާމް ބުނުމުން، ވޭޖް ޕޫލުގެ ދަށުން މިއިދާރާއިން ހަމަޖައްސާ މިސްކިތެއްގައި މަސައްކަތްކުރާނެ މަސައްކަތު މީހުން ބޭނުން ވެއްޖެއެވެ. މިއީ ވޭޖް ޕޫލުގެ ދަށުން 1 ( އެކެއް ) އަހަރުގެ މުއްދަތަށް ވަގުތީ ގޮތުން ނަގަންޖެހޭ ބައެކެވެ.
| 
 މަޤާމް:  | 
 މަސައްކަތު  | 
| 
 މަޤާމުގެ ނަންބަރު:  | 
 -  | 
| 
 ބޭނުންވާ ޢަދަދު:  | 
 08 ( އަށެއް )  | 
| 
 މަޤާމުގެ ގިންތި:  | 
 ވަގުތީ  | 
| 
 މަޤާމުގެ ރޭންކް:  | 
 އެސް.އެސް 1  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ސަޕޯޓް ސްޓާފް ގްރޭޑް 1  | 
| 
 ވަޒީފާ އަދާކުރަންޖެހޭތަން:  | 
 ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގެ މިސްކިތްތައް  | 
| 
 މުސާރަ:  | 
 ކޮންމެ ނަމާދު ވަގުތަކަށް 45.00 ރުފިޔާ  | 
| 
 ސާރވިސް އެލަވަންސް:  | 
 -  | 
| 
 އިތުރު އިނާޔަތްތައް:  | 
 -  | 
| 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 1- ކޮންމެ ފަޟުރު ފަސްނަމާދު ވަގުތެއްގެ ގަޑި ޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށް ޙާޟިރުވެ މިސްކިތާއި މިސްކިތުގެ އިސްކޫރުބަރިއާއި ފާޚާނާ ސާފުކޮށް މިސްކިތުގެ ދޮރުފަތްތައް ހުޅުވައި ފަންކާތައް ޖަހައި ބޮކިދިއްލަން ޖެހޭނަމަ ބޮކިތައް ދިއްލައި ނަމާދު ވަގުތަށް މިސްކިތް ތައްޔާރު ކުރުމާއި އަދި ނަމާދުކޮށް ނިމުމުން މިސްކިތާއި މިސްކިތުގެ ފާޚާނާއާއި އިސްކޫރު ބަރި ސާފު ކުރަންޖެހޭނަމަ ސާފުކޮށް އަދި ދޮރުފަތްތައް ލައްޕަންޖެހޭނަމަ ދޮރުފަތްތައް ލައްޕައި، ފަންކާތަކާއި ލައިޓުތައްވެސް ނިއްވަންޖެހޭނަމަ ނިއްވުން. 2- މިސްކިތާއި މިސްކިތުގައި ހުންނަ އެންމެހައި ތަކެތި ފޮޅައި ސާފުކޮށް ރަގަޅަށް ބެލެހެއްޓުމާއި މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި ދިމާވާ ކަންކަން މިސްކިތުގެ އިމާމަށް އެންގުމާއި އަދި އެކަންކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިސްކިތުގެ އިމާމު ނުވަތަ މުދިމު ނުވަތަ ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން ކުރުން. 3- މިސްކިތުގެ ފެންވަޅު ނުވަތަ ވަޅުތައް ހަޑިވިޔަނުދީ ފެހިކަހައި ދިޔަހިއްކައި ބެލެހެއްޓުމާއި މިސްކިތުގެ ގޯތި ތެރެއާއި އަދި މިސްކިތާއި އިންވެގެން އޮންނަ މަގުތަކުގެ މިސްކިތާވީބައި ވިނަ ނޮޅައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުމާއި އަދި މިސްކިތުގެ ފަންކާތަކާއި ބޮޑު ދޮރާއި ކުދި ދޮރާއި އެ ދޮރުތަކުގެ ދޮރުފަތްތަކާއި މިންބަރާއި ސީލިންގާއި ލައިޓުތަކާއި ފަންކާތަކާއި ބިއްލޫރި ގަސްތަކާއި މިސްކިތާއި މިސްކިތުގެ އިސްކޫރުބަރިއާއި ފާޚާނާއާއި އަދި އެނޫންވެސް މިސްކިތާއި ގުޅިފައިވާ ތަންތަނާއި ތަކެތި ސާފުކުރުމާއި، ވިއްސާރަ ވުމުގެ ސަބަބުން މިސްކިތުގައި އުފެދޭ ފެން ކަހައި ސާފުކުރުން އަދި މިސްކިތުގެ ގޯތި ތެރެއާއި ޢިމާރާތްތަކާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުން ނެގޭކުނި، ކުނިއުކުމަށް ހަމަޖެހިފައި އޮންނަ އުޞޫލުން ކުނިގޮނޑަށް އުކުން. 4- މުވައްޒަފު މަސައްކަތްކުރާ މިސްކިތް ފިޔަވައި އެނޫންމިސްކިތެއް ސާފުކޮށް ބެލެހެއްޓުމަށް، ކައުންސިލްގެ އިދާރާއިން އަންގައިފި ނަމަ މިސްކިތް ސާފު ކުރުމަށް އޮންނަ އުޞޫލުން އެ މިސްކިތެއް ސާފުކޮށް ބެލެހެއްޓުމާއި އަދި މިސްކިތުގެ ގޯތިތެރޭގައި ބަގީޗާގަސްއިންދާ އެ ގަސްތަކަށް ފެންދީ ބެލެހެއްޓުމާއި، މިސްކިތުގައި ދީނީ ދަރުސްތައް ދިނުން ފަދަ ޕްރޮގްރާމްތައް ހިންގާނަމަ ކައުންސިލް އިދާރާއިން ހަމަޖައްސައި ގޮތެއްގެ މަތިން އެކަން ކުރުމާއި އަދި ފަރުޟު ފަސްނަމާދު ފިޔަވައި ކޭތަ ނަމާދާއި ޢީދު ނަމާދާއި، ހުކުރު ނަމާދާއި ކަށުނަމާދަށް ތަރާވީޙު ނަމާދަށް މިސްކިތް ތައްޔާރު ކުރުން. 5- ކައުންސިލް އިދާރާއިން ހަމަޖައްސައި ގޮތަކަށް ޢިޝާނަމާދަށް ފަހު މިސްކިތުގެ ލައިޓްތައް ނިއްވައި، މިސްކިތުގެ ދޮރުފަތްތައް ލެއްޕުން. 6- މިސްކިތާ ބެހޭގޮތުން ރައްޔިތުން ކުރާ ޝަކުވާގެ އަޑުއަހައި އެޝަކުވާތައް މިސްކިތުގެ އިމާމު ނުވަތަ މުދިމަށާއި އަދި މި އިދާރާއަށް އަންގައި، އެކަންކަން ޙައްލު ކުރުމަށް މަސައްކަތްކޮށް މިސްކިތާއި ގޯތިތެރެ ރީތިކޮށް ޒީނަތްތެރި ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ މަސައްކަތް ކުރުން. 7- ވަޒީފާގެ ވާޖިބު އަދާކުރުމަށް ރަސްމީ ގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ދުވަހުން ދުވަހަށް ކޮށްނިންމުމާއި، އަދި މުވައްޒަފުންގެ ބައްދަލުވުންތަކުގައި ބައިވެރިވެ އެދެވޭ ގޮތުގައި ޚިޔާލާއި މަޝްވަރާދިނުމާއި އަދި މިސްކިތް ސަރވޭ ކުރުމުގެ ގޮތުން ނުވަތަ މިސްކިތް މަރާމާތު ކުރުމުގެ ގޮތުން މަސައްކަތް ކުރާނަމަ ކައުންސިލް އިދާރާއިން އަންގައި ގޮތެއްގެ މަތިން އެކަންކަމާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން. 8- މިސްކިތު މަސައްކަތު މުވައްޒަފުން މަސައްކަތް ކުރާނީ 5 ގަޑިއިރުއެވެ. އެއީ ކޮންމެ ނަމާދު ވަގުތަކަށް 30 މިނިޓް މިސްކިތާއި މިސްކިތު ގޯތި ސާފު ކުރުމަށް 2:30 މިނިޓް (ހެނދުނު 6:00 ން 8:30 އަށް) މިސްކިތް ފޮޅާ ސާފުކުރުމަށާއި ކޮންމެ ނަމާދު ވަގުތަކަށް މިސްކިތަށް ދިއުން.  | 
| 
 މަޤާމުގެ ޝަރުޠުތައް:  | 
 ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުން.  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖޭންބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ގަބޫލު ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައި ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ: 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ: 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ ސެޓްފިކެޓުގެ ކޮޕީ: 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ޚިއްޞާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒިފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރި ގޮތްއަންގައިދޭ ރިފަރެންސް ޗެކްފޯމް.  | 
| 
 ވަޒީފާއަށްއެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
 ވަޒީފާއަށް އެދޭ ފޯމް މި އި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖަނަވަރީ 2019 ވަނަ ދުވަހު 13:30 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއި، ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާގެ ފޯމް ބަލައި ގަނެވޭނެއެވެ.  | 
| 
 އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:  | 
 ވަޒީފާއަށް އެދޭ ފަރާތްތައް އިންޓަވިއު ކުރުން އޮންނާނީ 04 ފެބުރުވަރީ 2019 ވަނަ ދުވަހު 13:00 ގައި މި އިދާރާގައެވެ. ވުމާއެކު މިކަމަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުގައި އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުމަށް ދެންނެވީމެވެ.  | 
| 
 ޝޯޓް ލިސްޓް ކުރުން:  | 
 މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒިފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
| 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:  | 
 އިމާމުންނާއި މުދިމުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ %45 ( ސާޅީސް ފަހެއް ) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.  | 
| 
 އިތުރު މަޢުލޫމާތު ހޯދުން  | 
 އިތުރު މައުލޫމާތު ސާފް ކުރުމަށް ބޭނުން ފުޅުވާނަމަ، މިއިދާރާގެ ނަންބަރު (ފޯނު: 6500013 ) އާއި ގުޅުއްވުން އެދެމެވެ.  | 
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.