ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E/30/2019/13
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:17
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފަޅުރަށްރަށް ކުއްޔަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުން

ޤާނޫނު ނަންބަރު 98/20 "ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު" ގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން އާންމުކޮށް އިޢުލާނު ނުކޮށް ފަޅުރަށްރަށް ކުއްޔަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައި ވާކަން ޢާންމުކޮށް އިޢުލާނު ކުރަމެވެ. އަދި ވަރުވާ އަށް ފަޅުރަށްރަށް ހޯދުމަށް އެދި މި މިނިސްޓްރީއަށް ފޯމު ހުށަހަޅައި، މިހާތަނަށް އެގްރިމެންޓް ނުކުރެވި ހުރި ރަށްތަކުގެ އެގްރިމެންޓް ކުރުމުގެ ކަންތައްވެސް މިވަގުތު، ވަގުތީ ގޮތިން ހުއްޓާލާފައި ވާތީ މިކަންވެސް ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރަމެވެ.

22 ޖަނަވަރީ 2019