ނޫސްބަޔާން
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 10:31
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ނޫސް ބަޔާން

މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ގދ. ހަވޮޑިގަލާ ކިޔުނު ފަޅުރަށަށަކީ ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށް ރަށާބެހޭ ޤާނޫނު) ގެ ދަށުން އެއްވެސް ފަރާތަކަށް ވަރުވާއަށް އަދި ކުއްޔަށް ދީފައިވާ ރަށެއް ނޫން ކަމަށް ދަންނަވަމެވެ.

މިގޮތުން، ބަޔަކު މީހުން ގދ. ހަވޮޑިގަލާއަށް އަރައި އެ ރަށުގައި ހަރަކާތްތަކެއް ހިންގާ ކަމަށް މި މިނިސްޓްރީއަށް މަޢުލޫމާތު ލިބިފައިވާތީ އެކަމަކީ މި މިނިސްޓްރީގެ ހުއްދަ ނެތި ކުރާ ކަމެއްކަމާއި، އެފަދަ ޢަމަލެއް ބަޔަކު ކުރާނަމަ އެ ކަން ވަގުތުން ހުއްޓާލުމަށް އަންގަމެވެ.

އަދި ދަންނަވަމެވެ. މި މިނިސްޓްރީގެ ހުއްދަ ނެތި ބަޔަކު މީހުން ގދ. ހަވޮޑިގަލާއަށް އަރައި އެ ރަށުގައި ހަރަކާތްތަކެއް ހިންގާ މައްސަލަ ބައްލަވައި ދެއްވުމަށް އެދި މި މިނިސްޓްރީގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމަށް އެދިފައިވާ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

17 ޖަނަވަރީ 2019