ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-PHR/88/2014/7
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2014
ޕަބްލިޝްކުރި ގަޑި: 14:32
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ކ. ފަރުކޮޅުފުށި ބިޑް ޑޮކިއުމަންޓަށް ގެނެވުނު ފުރަތަމަ އިޞްލާޙު

ކ. ފަރުކޮޅުފުށި ރިޒޯޓެއްގެ ގޮތުގައި ހިންގުމަށް އިޢުލާންކުރެވުނު ބިޑާ ގުޅިގެން ކ. ފަރުކޮޅުފުށި ބިޑް ޑޮކިއުމަންޓަށް ގެނެވުނު ފުރަތަމަ އިޞްލާޙު

ކ. ފަރުކޮޅުފުށި ރިޒޯޓެއްގެ ގޮތުގައި ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް 14 ޖަނަވަރީ 2014ވީ ދުވަހު ކުރެވުނު ބިޑް ޑޮކިއުމަންޓް ނަންބަރު   BID-FARU/2014/001 އަށް ހަވާލާދީ ދަންނަވަމެވެ.

ކ. ފަރުކޮޅުފުށި ރިޒޯޓެއްގެ ގޮތުގައި ހިންގުމާ ގުޅޭގޮތުން ކުރެވުނު ބިޑް ޑޮކިއުމަންޓަށް މިމިނިސްޓްރީން ތިރީގައިވާ އިޞްލާޙު ގެނެވިފައިވާކަން އަންގައި އިޢުލާންކުރަމެވެ.

ބިޑް ޑޮކިއުމަންޓްގެ އިންވިޓޭޝަން ފޯރ ބިޑް (އައި.އެފް.ބީ)ގެ 8 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙު ތިރީގައި އެވަނީއެވެ.

8. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުންގެ ތަފުސީލު ތިރީގައި މިވަނީއެވެ.

     (ހ) ކުންފުންޏެއް ނުވަތަ ޢާންމު ފަރުދެއްގެ ޝަޚުޞިއްޔަތު އަންގައިދޭ ލިޔުން (ޢާންމު ފަރުދެއްނަމަ ނޭޝަނަލް އައިޑީކާޑު ނުވަތަ ޕާސްޕޯޓް، ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއްނަމަ ރަޖިސްޓްރޭޝަނުގެ ކޮޕީ)

      (ށ) އިންވިޓޭޝަން ފޯރ ބިޑް (އައި.އެފް.ބީ)ގެ 7 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ބިޑް ފޮތުގެ އަންގަވާ ފައިސާ

14 ރަބީޢުލްއައްވަލް 1435

 

15 ޖަނަވަރީ 2014