ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-AP/23/2019/9
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 17 ޖަނަވަރީ 2019 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ލ.މާބައިދޫ ސިއްހީމަރުކަޒުގައި ކުރަންހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

          ލ.މާބައިދޫ ސިއްހީމަރުކަޒުގައި ކުރަންހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަމްބަރ: (IUL)23-AP/23/2018/264  ޑިސެމްބަރ 30 2018 އިއުލާނާއި ގުޅިގެން ވާދަކުރާނެ ތިން ފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 17 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ލ.ގަން ރީޖަނަލް ހޮސްޕިޓަލް ނުވަތަ ލ.މާބައިދޫ ސިއްހީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޖަނަވަރީ 2019 ވާ ބުދަަ ދުވަހު ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ލ.ގަން ރީޖަނަލް ހޮސްޕިޓަލް ނުވަތަ ލ.މާބައިދޫ ސިއްހީ މަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

08 ޖުމާދަލްއޫލާ 1440

14 ޖަނަވަރީ 2019