ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)1-LAO/PRIV/2018/2
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 1726
ސުންގަޑި: 24 ފެބުރުވަރީ 2019 1400
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއަށް މައްސަލަ ހުށަހެޅުން

ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ

 

ކޮމިޝަނަށް މައްސަލަ ހުށަހެޅުމާބެހޭ

ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމާއި، ދައުލަތުގެ ތެރޭގައި ހިންގައިފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލުމަށްޓަކައި، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ ކޮމިޝަނެއް އެކުލަވައިލައްވާފައެވެ.

ވީމާ، ޖަނަވަރީ 2012 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 ގެ ނިޔަލަށް، ދައުލަތުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވެފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތައް މެދުވެރިވެގެން ތަޙުޤީޤު ކުރެވިފައިނުވާ މައްސަލަތަކާއި، އެކަށީގެންވާ މިންވަރަށް ތަޙުޤީޤުކޮށްފައިނުވާ މައްސަލަތައް ހުރިކަމަށް ފާހަގަކުރެއްވޭނަމަ، އެފަދަ މައްސަލަތަކުގެ މަޢުލޫމާތު، 24 ފެބުރުވަރީ 2019 ގެ 14:00 ގެ ކުރިން، ލިޔުމަކުން، މި ކޮމިޝަނަށް ހުށަހަޅުއްވައިދެއްވުން އެދެމެވެ.

މި ކޮމިޝަނަށް ހުށަހަޅުއްވަން ބޭނުންފުޅުވާ މައްސަލަތައް ފޮނުއްވާނީ، މި ކޮމިޝަނަށް އެޑްރެސްކުރައްވައި، ޣާޒީ ބިލްޑިންގުގައި ހުންނަ މި ކޮމިޝަނުގެ އޮފީހަށެވެ. އީމެއިލްގެ ޒަރީޢާއިން މައްސަލަ ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، [email protected] އަށް ފޮނުއްވޭނެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި، މި ކޮމިޝަނުގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް، މައްސަލަ ހުށަހަޅާ ފަރާތް ނޭނގޭގޮތަށް މި ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލާނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

2 ޖުމާދަލްއޫލާ 1440

2019-01-08