ދިވެހިރާއްޖެ
`
ދިވެހިބަހުގެ އެކެޑަމީ
މާލެ،
ދިވެހިރާއްޖެ.
ނަންބަރު: IUL)430-DBA-I/430/2019/1)
އިޢުލާން
| 
 
 
  | 
 
  | 
|
| 
 މަޤާމް:  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
|
| 
 މަޤާމުގެ ނަންބަރު:  | 
 J-226559  | 
|
| 
 ބޭނުންވާ އަދަދު:  | 
 1  | 
|
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
|
| 
 މަޤާމުގެ ރޭންކް:  | 
 ޖީ. އެސް. 3  | 
|
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 އޮފިސަރ ގްރޭޑް 1  | 
|
| 
 ސެކްޝަން:  | 
 ބަހާބެހޭބައި  | 
|
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 ދިވެހިބަހުގެ އެކެޑަމީ / މާލެ  | 
|
| 
 މުސާރަ:  | 
 4465.00 ރުފިޔާ  | 
|
| 
 ސަރވިސް އެލެވަންސް:  | 
 1500.00 ރުފިޔާ  | 
|
| 
 ސަޕޯޓިންގ ކޯ އެލަވަންސް:  | 
 700.00 ރުފިޔާ  | 
|
| 
 އިތުރު ޢިނާޔަތްތައް:  | 
 
  | 
|
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 1. ފަތްތޫރަ ޓައިޕްކޮށް ލޭއަޓު ހެދުން. 2. ފަތްތޫރައިގެ އިދާރީ ހުރިހާކަމެއް ހިންގާ ބެލެހެއްޓުން. 3. ބަހާއި އަދަބިއްޔާތާއި ގުޅޭގޮތުން ތައްޔާރުކޮށް އުފައްދާ ތަފާތު ފޮތްތައް ޓައިޕްކޮށް ލޭއައުޓުހަދާ ތައްޔާރުން. 4. ބަހާއި އަދަބިއްޔާތާއި ގުޅޭގޮތުން އެއްކުރެވޭ ތަފާތު ފޮތްފޮތް ޓައިޕްކޮށް ލޭއައުޓުހަދާ ތައްޔާރުން. 5. އެކެޑަމީން ތައްޔާރުކުރާ ފޮތްތައް ޗާޕުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން. 6. ދިވެހިބަހާ ބެހޭ މޮނޮގްރާފާއި ރިޕޯޓުތަކާއި މަޖައްލާތަކާއި މިފަދަ އެންމެހައި ތަކެތި ޓައިޕްކޮށް ލޭއައުޓުހެދުން. 7. ދިވެހިބަހުގެ ބަސްފޮތް އެކުލަވައިލުމަށް އެހީތެރިވުން. 8. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާ ބަހުގެ ތަރައްޤީ އަށް ހިންގާ ތަފާތު އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުން. 
 
  | 
|
| 
 މަޤާމުގެ ޝަރުޠުތައް: 
 
 
 
 މަޤާމުގެ ދާއިރާ:  | 
 ސާނަވީ ނުވަތަ އެ އާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، "ސެކެންޑްރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. 
 އެޑްމިނިސްޓްރޭޝަން  | 
|
| 
 
  | 
 
  | 
|
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: 
  | 
 )ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
 (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިކަން އަންގައިދޭ ރިފަރެންސް ޗެކް ފޯމް. 
 ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެ.  | 
|
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ދިވެހިބަހުގެ އެކެޑަމީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. މިގޮތުން އީމެއިލް ކުރައްވާއިރު މަޤާމަށް އެދި ހުށައަޅާ ފަރާތްކަން އެނގޭނެ އީމެއިލް އެޑްރެހެއް ބޭނުންކުރެއްވުމަށް ސަމާލުކަން ދެއްވައި ހުރިހާ ލިޔެކިޔުން އެއް އީ-މެއިލްއެއްގައި ހަމައަށް ހިމެނުއްވުމަށް ފަހު ފޮނުއްވުމަށް ވެސް ދަންނަވަމެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ. 
 
  | 
|
| 
 އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: 
  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖެނުއަރީ 22 އާ 28 އާ ދެމެދު، ދިވެހިބަހުގެ އެކެޑަމީގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 
  | 
|
| 
 ޝޯޓް ލިސްޓްކުރުން:  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
  | 
|
| 
 އިތުރު މަޢުލޫމާތު ހޯދުން:  | 
 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3028000/3028013 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. 
  | 
|