ދިވެހިރާއްޖެ
އިޢުލާން
އައި އެސް ޑީ ބީ ޓީ ޕްރޮޖެކްޓުގެ ދަށުން ގދ.ތިނަދޫގައި ޓީވީޓަވަރު ޖެހުމަށް ޕީ އެސް އެމް އަށް ދޫކޮށްފައިވާ ބިންސާފުކޮށް ކަރަންޓު ލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.
އައި އެސް ޑީ ބީ ޓީ ޕްރޮޖެކްޓުގެ ދަށުން ގދ..ތިނަދޫގައި ޓީވީޓަވަރު ޖެހުމަށް ޕީ އެސް އެމް އަށް ދޫކޮށްފައިވާ ބިން ސާފުކޮށް ކަރަންޓު ލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށްދިނުމާއި އަނދާސީ ޙިސާބު ހުށަހެޅުމުގެ ފުރުޞަތު ތިރީގައި މިދަންނަވާ ތާވަލާއި އެއްގޮތަށް އޮންނާނެއެވެ. އަދި ދަންނަވަމެވެ. މަޢްލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ޙިސާބު އަދި މަޢްލޫމާތު ފުރިހަމަ ނުވާ އަންދާސީ ޙިސާބުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
| 
 | ތާރީޚް | ދުވަސް | ގަޑި | ތަން | 
| މަޢުލޫމާތު ސާފުކުރުން | 27 ޑިސެންބަރު 2018 | ބުރާސްފަތި | 10:00 (ހެނދުނު) | ގދ.ތިނަދޫ ކައުންސިލްގެ އިދާރާ | 
| އަންދާސީ ޙިސާބު ހުށަހެޅުން | 07 ޖަނަވަރީ 2019 | ހޯމަ | 10:00 (ހެނދުނު) | ގދ.ތިނަދޫ ކައުންސިލްގެ އިދާރާ |