މަސައްކަތް
ނަންބަރު: (A)DC-2018/262
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 17:43
ސުންގަޑި:
03 ޖަނަވަރީ 2019 14:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޯޑިއޯ / ވީޑިއޯ ސްޕޮޓް ތައްޔާރުކޮށްދޭނެ ފަރާތެއްހޯދުން
ނަންބަރ: A)DC-2018/262)
އިޢުލާނު
އޯޑިއޯ / ވީޑިއޯ ސްޕޮޓް ތައްޔާރުކޮށްދޭނެ ފަރާތެއްހޯދުން
1. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އަށް އާންމުން ހޭލުންތެރިކުރުމަށް ބޭނުންވާ ވީޑިއޯ އަދި އޯޑިއޯ ސްޕޮޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
|
ޕްރޮޖެކްޓް ނަންބަރު |
ޕްރޮޖެކްޓް ނަން |
|
38/2019/W-002 |
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އަށް އާންމުން ހޭލުންތެރިކުރުމަށް ބޭނުންވާ ވީޑިއޯ އަދި އޯޑިއޯ ސްޕޮޓް ތައްޔާރުކުރުން |
2. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2019 ޖެނުއަރީ 2 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
3. ބީލަން ހުޅުވުން އޮންނާނީ 2019 ޖެނުއަރީ 3 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
18 ރަބީޢުލްއާޚިރު 1440
25 ޑިސެންބަރު 2018