ދިވެހިރާއްޖެ
އޭވީ ރޫމުގައި ނެއްޓިފައިވާ ޓައިލްސްތަށް މަރާމާތުކުރުން
މި މަރާމާތުކުރުމަށް ޝައުގުވެރިވެލައްވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ GS24/IUL/2018/37 (18 ޑިސެމްބަރ 2018) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިވަނީ ދެފަރާތުން ކަމުގައިވާތީ އިޢުލާން ބާތިލްކޮށް އެ ފުރުސަތު އަލުން ހުޅުވާލަމެވެ. ވީމާ، ތިރީގައި ދެންނެވިފައިވާ ތާވަލުގައިވާ ގޮތުގެމަތިން ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިމަރުކަޒުގެ އިދާރާއިން ލިބެންހުންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓް ޤަބޫލްނުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
|
މަޢުލޫމާތު ސާފުކުރެއްވުން |
އެސްޓިމޭޓް ހުށަހެޅުއްވުން |
|
ތާރީޙް: 02 ޖަނައަރީ 2019 (ބުދަ) |
ތާރީޙް: 09 ޖަނަވަރީ 2019 (ބުދަ) |
|
ގަޑި: ހެނދުނު 11:00 |
ގަޑި: ހެނދުނު 11:00 |
|
ތަން: ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީސް |
ތަން: ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީސް |
|
އިތުރު މައުލޫމާތު ސާފުރުމަށް: ފޯމް: 6760621، 7952914 | އީމެއިލް: [email protected] |
|
25 ޑިސެންބަރ 2018