ދިވެހިރާއްޖެ
ނަންބަރު: FNK/A/IUL/2018/458
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދުމަށް ބޭނުންވެއެވެ.
އިންޖިނިއަރ |
މަޤާމް: |
02 (ދޭއް) |
ބޭނުންވާ އަދަދު: |
ވޯޓަރ، ސްވަރޭޖް އެންޑް އެންވަޔަރަމެންޓް ޑިޕާޓްމަންޓް |
ޑިޕާޓްމަންޓް: |
ހެޑް އޮފީސް / މާލެ |
މަސައްކަތް ކުރަންޖެހޭ ތަން: |
9200ރ. (ނުވަހާސް ދުއިސައްތަ ރުފިޔާ) |
މުސާރަ: |
(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ހަތަރެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 12 (ބާރަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ އިތުބާރުހުރި ކުންފުންޏެއްގައި މިފެންވަރުގެ ވަޒީފާއެއްގައި ބަޔާންވެދިޔަ މުއްދަތުގެ ތަޖުރިބާ ލިބިފައިވުން. (ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ސަނަދެއް ޙާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 8 (އަށެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ (ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ (ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން، ނުވަތަ (ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން، ނުވަތަ (ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން. |
ފެންވަރު ނުވަތަ ޝަރުތު: |
(ހ) ފެނުގެ މަޝްރޫއުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު އީޕީއޭ އާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ގައިޑްލައިންސްއާ އެއްގޮތްވާ ގޮތަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ދިނުން (ށ) ފެނުގެ މަޝްރޫޢުގެ ސައިޓްތަކަށް ޒިޔާރާތްކޮށްމަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުމާއި އެކު ކަމާ ގުޅޭ ލަފާދީ އެ ރަށްރަށުގެ މުވައްޒަފުން ތަމްރީނު ކުރުން . (ނ) ފެނުގެ މަސައްރޫޢުތައް ޑިޒައިންގ ކޮށް މަޝްރޫޢުތަކުގެ ޓެކްނިކަލް ޑޮކިއުމަންޓްސް ( ޑީޓެއިލް ޑިޒައިން ، ޓެންޑާރ ޑޮކިއުމްންޓްސް ) އަދި ކޮންޓްރެކްޓް ޑޮކިއުމެންޓްސް ރިވިއުކުރުން. (ރ) ޓެންޑަރ ޕްރޮސެސް އާއި ބިޑިންގް ޕްރޮސެސްއައް ބޭނުންވާ ލަފާދިނުން . (ބ) މުޅި މަޝްރޫއު ހިނގާގޮތް ސުޕަވައިޒްކުރުން. (ކ) ޓެކްނިކަލް ރިޕޯރޓްތައްހަދާ ، އެހީދޭ ފަރާތްތަކާއެކު މަޝްވަރާކޮށް ރިވިއުކުރުން. (އ) އީޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންސް އާއި އެއްގޮތަށް ނަރުދަމާގެ މަޝްރޫއު ކުރިއަށްގެންދިއުމަށް މުވައްޒަފުންނަށް ބޭނުންވާ ލަފަޔާ އިރުޝާދު ދިނުން. (ވ) ޕްރޮޖެކްޓް ސައިޓައް ގަވައިދުން ޒިޔާރަތްކޮށް ޕްރޮޖެކްޓް ހިނގާގޮތް ބެލުން. (މ) މަޝްރޫއު ހިންގާ ، މޮނީޓަރ ކުރުމުގައި މުވައްޒަފުންނަށް ބޭނުންވާ ލަފާދިނުން. (ފ) ސައިޓް ވިޒިޓާއި ސާރވޭ ދަތުރުތަކުގައި މުވައްޒަފުންނަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން. (ދ) ފެނުގެ ނިޒާމްގެ މަޝްރޫއުތައް ހިންގާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުން. |
މަސްޢޫލިއްޔަތު ތައް: |
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ 08:00 – 13:30 އަށް ލިބެންހުންނާނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ޑިސެމްބަރ 2018 ވާ ބްރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
- މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
ވެބްސައިޓް: www.fenaka.com.mv
26 ރަބީޢުލްޢައްވަލް 1440
04 ޑިސެމްބަރ 2018