ދިވެހިރާއްޖެ
| 
 ވަޒީފާގެ ފުރުޞަތު  | 
 ނަންބަރު: IUL)147-AIT/1/2018/7)  | 
||
| 
 ތާރީޚް: 14 ނޮވެމްބަރު 2018  | 
|||
| 
 މަޤާމް:  | 
 ސީނިއަރ ޕްރޮބޭޝަން އޮފިސަރ  | 
 ބޭނުންވާ އަދަދު:  | 
 01  | 
| 
 ކްލެސިފިކޭޝަން  | 
 އެސިސްޓެންޓް ޑިރެކްޓަރ  | 
 ރޭންކް:  | 
 އެމެ.އެސް 3  | 
| 
 މުސާރަ:  | 
 މަހަކު -/7035 ރުފިޔާ  | 
 ސާރވިސް އެލަވަންސް:  | 
 މަހަކު -/2000 ރުފިޔާ  | 
| 
 މަސައްކަތްކުރަންޖެހޭތަން:  | 
 ޖުވެނައިލް ކޯޓު / މާލެ  | 
 ސެކްޝަން:  | 
 ރަޖިސްޓްރާރ ސެކްޝަން  | 
| 
 މަޤާމުގެ އަސާސީ ޝަރުތު:  | 
 މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއި އެކު؛ 1.މަޤާމަށް ބޭނުންވާ ދާއިރާއަކުން (ޝަރީޢާ އެންޑް ލޯ، ސޯޝިއޮލޮޖީ، ސައިކޮލޮޖީ، ސޯޝަލް ވޯރކް އަދި ކައުންސެލިންގ) ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވުން ނުވަތަ 2.މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކުހެއް ލިބެމުންދިޔުމާ އެކު،2 MS ރޭންކްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.  | 
||
| 
 އެހެނިހެން ޝަރުތު:  | 
  | 
||
| 
 މަޤާމުގެމައިގަނޑުމަސްއޫލިއްޔަތު:  | 
 - ކޯޓުން ޙުކުމްކުރާ 18 އަހަރުން ދަށުގެ ކުދިން، އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށް ހިންގޭ އިސްލާޙީ ޕްރޮގްރާމްތައް، ޙުކުމާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. - ޝަރީޢަތްތަކަށް ހުށަހެޅިފައިވާ ކުދިންނާއި ކުށުގެ ތުހުމަތުގައި ކޯޓަށް ޙާޒިރު ކުރާ ކުދިންނާ ގުޅޭގޮތުން ބާއްވަންޖެހޭ ކޭސް ކޮންފަރެންސްތަކާއި ކޮމިއުނިޓީ ކޮންފަރެންސްތައް އިންތިޒާމު ކުރުމާއި، އެއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. - ޝަރީޢަތުގެ މަރުޙަލާގައި ތިބޭ ކުދިންނާއި ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބޭކުދިންގެ ތެރެއިން އިސްލާމިކް ކައުންސިލިންގ ދިނުމަށް ކޯޓުން ކަނޑައަޅާ ކުދިންނަށް، ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން އިސްލާމިކް ކައުންސިލިންގ ދިނުމުގެ އެންމެހާ ކަންތައްތައް ކުރިއަށް ގެންދިއުމާއި، އެ ޕްރޮގްރާމް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން. - ކުޑަކުދިންނާއި ބެލެނިވެރިން އަދި މުޖުތަމަޢު، ހޭލުންތެރިކުރުމަށާއި އަދި ކޯޓުގެ ތަޞައްވަރު ރަނގަޅުކުރުމަށް ހިންގޭ އެވެއާނަސް ޕްރޮގްރާމުތައް ހިންގުން. - ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ކޯޓަށް ޙާޒިރުކުރެވޭ ކުދިންނާގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން 
  | 
||
| 
 އުޖޫރައާއި ޢިނާޔަތްތައް:  | 
 މި މަޤާމަށް ހޮވޭފަރާތްތަކަށް: 
  | 
||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 މި މަޤާމަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމު ފުރިހަމަ ކުރުމަށްފަހު، ހުށަހެޅުމަށް އެފޯމުގައިބަޔާންކޮށްފައިވާ ތަކެއްޗާއެކު، މިކޯޓަށް (ޖުވެނައިލް ކޯޓު، މ. މާތިލަ) ފޯމު ހުށަހެޅުން އެދެމެވެ.  | 
||
| 
 ސުންގަޑި:  | 
 2018 ނޮވެމްބަރު 19 ވަނަ ދުވަހުގެ 12:00  | 
||
| 
 އިތުރު މަޢުލޫމާތު:  | 
 - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. - ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ. - ވަޒީފާއަށްއެދޭ ފޯމު މިކޯޓުގެކައުންޓަރުންނާއި ވެބްސައިޓުން http://www.juvenilecourt.gov.mv އިންލިބެންހުންނާނެ.  | 
||