ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301/301/2018/53
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 14 ނޮވެންބަރު 2018 13:30
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަނގޮޅިތީމު މަސްޖިދުލް ތާލުފްގައި އަޅާފައިވާ ކާޕެޓްގެ ވަށާ ބޯޑަރ އެޅުން:

ރ.އަނގޮޅިތީމު މަސްޖިދުލް ތާލުފްގައި އަޅާފައިވާ ކާޕެޓްގެ ވަށައިގެން ލަކުޑި ބޯޑަރ އެޅުމަށް ބޭނުންވެއްޖެއެވެ. ކޮންޓެކްޓް އުޞޫލުން އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް އެދޭ ފަރާތްތަކުން މަޢްލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތުގެ މަޢްލޫމާތު ދިނުން އޮންނާނީ 08 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 1:30 ގައެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ  14 ނޮވެމްބަރ  2018 ވާ ބުދަ ދުވަހުގެ 1:30 ގައެވެ. މަޢްލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ރ.އަނގޮޅިތީމު ކައުންސިލް އިދާރާ ގައެވެ. މިމަސައްކަތަށް ކުރިމަތި ލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނާޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓް ސޮސައިޓީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރެއްވިއިރު މިފަދަ މަސައްކަތް ކުރެވޭނެ ގޮތަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތުގެ މަޢްލޫމާތު ސާފުކުރުމަށާއި، ބިޑް ހުށަހެޅުމަށް އަންނަ ފަރާތްތަކުގެ އައި.ޑީ.ކާރޑްގެ އަޞްލު ގެންނަންވާނެއެވެ.  އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢްލޫމާތު ސާފުކުރެއްވި ފަރާތްތަކަށެވެ. އެކަކަށް ދެ ފަރާތެއްގެ ނަމުގައި އަންދާސީ ހިސާބު ހުށައެއް ނޭޅޭނެއެވެ.

މަސައްކަތް ޙަވާލުކުރުމުގައި ބަލާނެ މިންގަނޑު:

މަސައްކަތުގެ އަގު: % 85

މަސައްކަތުގެ ތަޖްރިބާ : % 5

މަސައްކަތުގެ މުއްދަތު: % 10

ވީމާ، މިމަސައްކަތް ކުރުމަށް ޝަޢްޤްވެރިވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

31 އޮކްޓޫބަރު 2018