ދިވެހިރާއްޖެ
ނަންބަރ: IUL)415-HR/415/2018/65)
އިޢުލާން
ތިނަދޫގައި އުފެދެމުންދާ ކުނި، ދެމެހެއްޓެނިވި އުސޫލެއްގެ ދަށުން ރަނގަޅުގޮތުގައި މެނޭޖްކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މިރަށުގައި ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމްކުރެވި، ކުނި ނައްތާލުމާއި ބެލެހެއްޓުމުގެ ޢަމަލީ މަސައްކަތްކުރުމާއި ތިނަދޫ ކައުންސިލުން ހިންގާ ނަލަފެހި ޕްރޮގްރާމުގެ ދަށުން ރަށުގެ އިޖުތިމާޢީ ސަރަޙައްދުތަކާއި ޕާރކުތައް ފެހިކުރުމަށް ގަސްއިންދުމާއި، އެކި ސަރަޙައްދުތަކުގައި ހުންނަ ރުއްގަސް ސާފުކޮށް ވައުކޮށުމުގެ މަސައްކަތްތަކާއި މަގުތަކާއި ބަނދަރުގެ ސަރަޙައްދާއި ފެރީޓަރމިނަލްގެ އިތުރުން ކުޅިވަރު ދަނޑުތަކާއި ޤަބުރުސްތާނާއި ކުޅިފަދަ ތަންތަން ސާފުކޮށް ރީތިކޮށް ބޭއްވުމާއި، ޤަބުރުސްތާނުގައި ކަށުކަމާކެމީގެ ޚިދުމަތުގެ ތެރެއިން ކަށްވަޅު ކޮނުމާއި، ޕާރކުތަކަށް ބޭނުންވާ ގަސްއިންދައި ހައްދާ ބެލެހެއްޓުމަށް ހިންގާ ޕްރޮޖެކްޓުގައި 12 މަސްދުވަހުގެ މުއްދަތަށް ޙަރަކާތްތެރިވާނޭ މަސައްކަތްތެރިން ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ޙިސާބު ހުށައެޅުއްވުން އެދެމެވެ.
| ތަފްޞީލް | ތާރީޚް | ދުވަސް | ގަޑި | 
| މަޢުލޫމާތު ސާފުކުރުން | 08 ނޮވެމްބަރު 2018 | ބުރާސްފަތި | 11:00 | 
| އަންދާސީ ޙިސާބު ހުށައެޅުން | 15 ނޮވެމްބަރު 2018 | ބުރާސްފަތި | 11:00 | 
މަޢްލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ޤާނޫނީ ޝަޚްޞެއް ނުވަތަ ކުންފުންޏެއްގެ ގޮތުގައި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރެޖިސްޓްރޭޝަން ސެޓްފިކެޓް އަދި ޤާނޫނީ ޝަޚްސެއްކަން އަންގައިދޭ ލިޔުމާއި މަޢްލޫމާތު ސާފުކުރާ ފަރާތުގެ އައިޑީ ކާޑުގެ ފޮޓޯ ކޮޕީއެއް ގެންނަންވާނެއެވެ.
މިކަމަށް އަންދާސީ ޙިސާބު ހުށައެޅޭނީ މަޢްލޫމާތު ސާފްކުރުމަށް އަންގާފައިވާ ދުވަހު ޙާޟިރުވެ މަޢޫލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. އަންދާސީ ޙިސާބު ހުށައަޅުއްވާނީ، ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި މަސައްކަތުގެ ނަމާއި ހުށައަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަން ވާނެއެވެ.
19 ޞަފަރު 1440