ދިވެހިރާއްޖެ
ނަމްބަރ IUL)244-ESMSMS/244/2018/55
އިޢުލާން
މިރަށު މިސްކިތްތަކުގެ އިމާމުން، މުދިމުން އަދި މަސައްކަތު މީހުން އަހަރީ ޗުއްޓީއާއި އާއިލީ ޒިންމާ ޗުއްޓީ އަދި ސަލާމް ނަންގަވާ ހާލަތްތަކުގައި ވަގުތީ ގޮތުން އެމަޤާމްތަކުގައި މަސައްކަތްކުރުމަށް ނެގުމަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލަމެވެ.
ވީމާ، ވޭޖް ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ނޮވެމްބަރު 2018 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ރަޖިސްޓްރީވުމަށް ބޭނުންވާ މަޤާމް ބަޔާންކޮށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީއާއެކު އައި.ޑީ.ކާޑްގެ ކޮޕީއާއި ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.
| 
 ވޭޖް / ޕޫލް މަޤާމްތަކާއި އުޖޫރަ ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް  | 
|||
| 
 #  | 
 މަޤާމް  | 
 ރޭންކް  | 
 މަސައްކަތްކުރާ ގަޑިއަކަށް  | 
| 
 1  | 
 އިމާމު ސަނަދު އޮންނަ މީހަކަށް (ނަމާދުކުރާ ވަގުތަކަށް)  | 
 GS3  | 
 61.00 ރުފިޔާ  | 
| 
 2  | 
 މުދިމު ސަނަދުނެތް މީހަކަށް (ނަމާދުކުރާ ވަގުތަކަށް)  | 
 GS1  | 
 53.00 ރުފިޔާ  | 
| 
 3  | 
 މަސައްކަތު  | 
 SS1  | 
 45.00 ރުފިޔާ  |