ދެންނެވުން
ނަންބަރު: (IUL)251-EDSS/251/2018/89
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 18:56
ސުންގަޑި: 08 ނޮވެންބަރު 2018 14:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިއްދޫ "އިލާފަތި ރެސްޓްރޯންޓް" ކުރިމަތީގައި ހުރި 2 ގަހުގެ ވެރިފަރާތެއް ހޯދުން

ހއ ދިއްދޫ ބަނދަރު ސަރަހައްދު ސާފުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތުގެ ތެރެއިން، ދިއްދޫ "އިލާފަތި ރެސްޓްރޯންޓް" ކުރިމަތީގައި އޮތް މަގަށް އަރާ ގޮތަށް ހުރި ކާނި ގަހާއި ހިރުނދު ގަސް ނަގަން ދިއްދޫ ކައުންސިލުން ބޭނުންވާތީ، އެ 2 ގަހުގެ ވެރިފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، އެ 2 ގަހުގެ ވެރިފަރާތެއްވާ ނަމަ، އެކަން އެނގޭނެ 2 ހެކިންނާއެކު، 8 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ދިއްދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމަށް ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ. 

އަދި ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި މި 2 ގަހުގެ ވެރިފަރާތް ސާބިތު ނުކުރެވިއްޖެނަމަ، އެ 2 ގަސް ނެގުމުގެ މަސައްކަތް މި ކައުންސިލުން ކުރިއަށްގެންދާނެ ވާހަކަ ދެންނެވީމެވެ.

28 އޮކްޓޫބަރު 2018