ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ވ.ފެލިދޫ ޕޮލިސް ސްޓޭޝަންގައި ބޭނުންކުރާ އެއްގަމު އުޅަނދުފަހަރަށާއި، ވ.އަތޮޅުގައި ބޭނުންކުރާ ކަނޑު އުޅަނދު ފަހަރަށް ބޭނުންވާ ޕެޓްރޯލާއި ޑީސެލް، ކޮންޓްރެކްޓް އުޞޫލުން ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި ޚިދުމަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަޢުޤުވެރިވެލައްވާ ހުރިހާފަރާތްތަކަށް ހުޅުވާލަމެވެ.
ވީމާ، ކޮންޓްރެކްޓް އުޞޫލުން މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 09 އޮކްޓޫބަރު 2018 ވާ އަންގާރަ ދުވަހުގެ 13:00 އަށް ވ.ފެލިދޫ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު17 އޮކްޓޫބަރު 2018 ވާ ބުދަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.
03 އޮކްޓޫބަރު 2018މ.