މަސައްކަތް
ނަންބަރު: (IUL)56-CAS/1/2018/31
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 09 އޮކްޓޫބަރު 2018 13:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
އަލިފާންނުން ރައްކާތެރިކޮށްދޭ އާލާތްތަކާއި ނިޒާމްތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބް ބޭނުންވެއްޖެ.

     ޤައުމީ ކުތުބުޚާނާ ހިގަމުންދާ މިއުޒިއަމް ބިލްޑިންގ އޭ ބްލޮކް އިމާރާތުގައި ޤާއިމްކޮށްފައިވާ އަލިފާނުން ރައްކާތެރިކޮށްދޭ އާލާތްތަކާއި ނިޒާމްތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 އޮކްޓޫބަރު 09 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިކުތުބުޚާނާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮކްޓޫބަރު 11 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

     މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.

ޤައުމީކުތުބުޚާނާ ( މިއުޒިއަމް ބިލްޑިންގ އޭ ބުލޮކް )

މެދުޒިޔާރަތް މަގު، މާލެ ( ސަލްޓަން ޕާރކް އިރު އުތުރު ކަންމަތި )

20 މުޙައްރަމް 1440

30 ސެޕްޓެންބަރު 2018