ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ 75 ޔޫތުސެންޓަރަކަށް އިންޓަނެޓް، ފޯންލައިން، އަދި އެޓެންޑެންސްގެ ޙިދުމަތް ދޭނެ ފަރާތެއް ހޯދުމަށް
12 ސެޕްޓެންބަރު 2018 ގައި ކުރެވުނު 220/IUL)141-LM/141/2018) ނަންބަރު އިޢުލާނާއި ގުޅިގެން މަޢުލޫމާތު ދިނުމަށް ހަމަޖެހިފަވާ ދުވަސްކަމުގައިވާ 18 ސެޕްޓެމްބަރ 2018ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ
ގޮތުގައި ކަނޑައެޅުމާއި ވިދިގެން މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ދުވަސްވަނީ ބަދަލުވެފައެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު އަލުން ހުޅުވާލަމެވެ.
| 
 
  | 
 ތަން  | 
 ދުވަސް  | 
 ތާރީޚު  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގެ 3 ވަނަ ފަންގިފިލާ އަށް)  | 
 ބުދަ  | 
 19 ސެޕްޓެންބަރު 2018  | 
 
 10:00 
  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގެ 3 ވަނަ ފަންގިފިލާ އަށް)  | 
 ހޯމަ  | 
 25 ސެޕްޓެންބަރު 2018  | 
 
 12:00 
  | 
މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.
06 މުޙައްރަމް 1440