ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: IL-PRC/2018/50
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 15:34
ސުންގަޑި: 24 ސެޕްޓެންބަރު 2018 11:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވީޑިއޯ ވޯލް ސެޓަޕެއް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ވީޑިއޯ ވޯލް ސެޓަޕެއް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު IL-PRC/2018/39 އިޢުލާނަށް ހުށަހެޅި ބިޑުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީވެ އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ވީޑިއޯ ވޯލް ސެޓަޕެއް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިއޮތޯރިޓީއަށް ހާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

17 ސެޕްޓެންބަރު 2018

ހޯމަ

11:00

އަންދާސީ ހިސާބު ހުށައެޅުން

24 ސެޕްޓެންބަރު 2018

ހޯމަ

11:00

މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހު ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

10 ސެޕްޓެންބަރު 2018