| އިޢުލާނު | 
| ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ. | 
| މަޤާމް: | ބަޖެޓް އޮފިސަރ | 
| ބޭނުންވާ އަދަދު: | 01 (އެކެއް) | 
| މަޤާމުގެ ގިންތި: | ވަގުތީ (03 މަސްދުވަސް) | 
| ވަޒީފާ އަދާކުރަން ޖެހޭ ތަން: | ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލް އިދާރާ، ގދ. ތިނަދޫ | 
| މުސާރަ: | 5610/- (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ) | 
| ސާރވިސް އެލަވަންސް: | 2000/- (ދެހާސް ރުފިޔާ) | 
| ސަޕޯރޓިންގ ކޯ އެލަވަންސް: | 700/- (ހަތްސަތޭކަ ރުފިޔާ) | 
| އެހެނިހެން އެލަވަންސް: | 
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. | 
| ޢާއްމުކޮށް މަސައްކަތް ކުރަންޖެހޭ ގަޑިތައް: | ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ޑިއުޓީ ތާވަލުގައި ކަނޑައަޅާ ވަގުތުތަކުގައި. | 
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 
ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކައުންސިލްގެ އިދާރާ ހުޅުވާ ލެއްޕުމާއި ކައުންސިލްގެ އިދާރާއަށް އެކިފަރާތްތަކުން ފޮނުވަންޖެހޭ ސިޓީއާއި މެސެޖްތަކާއި ރިޕޯރޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ފޮނުވޭ ލިޔެކިޔުންތައް ފަސޭހައިން ފެންނާނޭގޮތަކަށް ފައިލްކޮށް ބެލެހެއްޓުން.ދައުލަތާއި ކައުންސިލްގެ އާމްދަނީ ފައިސާ ބަލައިގެނެ ދޫކުރާ ރަސީދު ހަދާފައިވޭތޯއާއި ލިބޭ ފައިސާ ދުވަހު ފޮތުގައި ލިޔެ އައިޓަމްތަކަށް ޕޯސްޓް ކުރެވިފައިވޭތޯ އާއި ދުވަހުން ދުވަހަށް ބޭންކް އެކައުންޓްތަކަށް ފައިސާ ޖަމާކޮށް އާމްދަނީގެ ރިކޯރޑްތައް ބެލެހެއްޓުމާއި ބެހޭ އެންމެހައި ކަންތައްތައް ފުރިހަމަ ކުރެވިފައި ވޭތޯއާއި  ދުވަހު ޝީޓްތަކާއި ޑިޕޮޒިޓް ޝީޓްތައް ދުވަހުން ދުވަހަށް ތައްޔާރުކުރެވިފައިވާކަން ކަށަވަރުކުރުމާއެކު  އެ އެންމެހައި ކަރުދާސްތަކުގެ ޙިސާބު ދުވަހުން ދުވަހަށް ޗެކުކުރުން. ދައުލަތާއި ކައުންސިލްގެ އާމްދަނީއާއި ގުޅޭ އެންމެހާ ސަބްރިޕޯޓްތަކާއި އެކައުންޓްތަކުގެ ޙިސާބުތަކަށް ރިޢާޔަތްކޮށް އިދާރާގެ އެންމެހާ އެކައުންޓްތަކުގެ މައިގަނޑު ރިޕޯޓްތައް ތައްޔާރުކޮށް، އެއެކައުންޓްތަކާއި އިދާރާގެ ފައިސާ ފޮތްތަކާއި ދިމާވޭތޯ ބަލައި ޙިސާބު އެއްގޮތްކުރުމަށް ހަދަންޖެހޭ ޙިސާބުތައް ހަދައި ކޮންމެ މީލާދީ މަހެއް ނިމުމުން ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ކައުންސިލްގެ ރައީސާއި ދައުލަތުގެ ކަމާބެހޭ އެންމެހައި މުވައްސަސާތަކަށް ފޮނުވުން.ފައިސާއާއި ބެހޭ ބައިން ތައްޔާރުކުރާ ޕޭމަންޓް ވައުޗަރާއި ފައިސާގެ ރިޕޯޓްތަކާއި ސްޓޭޓްމަންޓްތަކުގެ ޙިސާބު ޗެކުކުރުމުގައި އެހީތެރިވުމާއި، މުވައްޒިފުންގެ މުސާރާ ދިނުމާއި ގުޅޭ ކަންކަމުގައި އެހީތެރިވުމާއެކު، ބަޖެޓް ތައްޔާރުކުރުމާއި އަހަރީ ޙިސާބު ތައްޔާރުކުން.ކައުންސިލްގެ އާމްދަނީ އާއި ޚަރަދު ބަޔާންކުރާ ޚުލާޞާ ޝީޓްގައި ހިމަނަންޖެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ހިމަނައި ކައުންސިލަރުންނަށާއި ޔައުމިއްޔާ ލިޔާ މުވައްޒަފަށް ޖެހިގެން އަންނަ ރަސްމީ ދުވަހު އީ މެއިލް ކުރުން. ކައުންސިލްގެ އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުމާއި ސެކްޝަނުގެ މުވައްޒަފަކު ޗުއްޓީ ނެގުމުން އެމުވައްޒަފުގެ މަސައްކަތުގެ ތެރެއިން ޒިންމާދާރުވެރިޔާ ޙަވާލުކުރާ މަސައްކަތްތައްކުރުން.  | 
| މަޤާމުގެ ޝަރުޠުތައް: | 
މަޤާމު މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 
މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ 
މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ 
ދައުލަތުގެ ފައިސާއާއި ބެހޭ ދާއިރާ ނުވަތަ އިދާރީ ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ދުވަހު ސެކްރެޓަރީ ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކެއްގައި ވަޒީފާއަދާކޮށްފައި ވުމާއެކު، ގްރޭޑް 10 ގެ ފެންވަރު ހުރުން. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ، ހުނަރު އަދި އިންޓަވިއުއަށް. | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 އޮގަސްޓް 2018 ގެ 13:30 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް (6841018) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.   | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 29 އޮގަސްޓް 2018 އާއި 06 ސެޕްޓެންބަރު 2018 އާ ދެމެދު، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލް އިދާރާ ގައެވެ. | 
| އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި، ހުނަރާއި އަދި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.   | 
| ނޯޓް: 
މިއީ ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުން 03 މަސްދުވަހުގެ މުއްދަތަކަށް ހަމަޖައްސައިދެވޭ ކޮންޓްރެކްޓް ވަޒީފާއެވެ. ސިވިލް ސާރވިސް ވަޒީފާއެއް ނޫނެވެ.o        މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6842596 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6841018 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |